މާލެގައި ފުޅާ ދާއިރާއެއްގައި މަލްޓި ސްޕެޝިއަލްޓީ ކްލިނިކްގެ ހިދުމަތްދޭ ވައިޓަލް ކެއަރގެ ކްލިނިކެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. މިކަމަށްޓަކާ އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކްލިނިކް ހުޅުވައިދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަސީމެވެ.
އެ ކްލިނިކުން ބުނީ ކުޅުދުއްފުށީގައި ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ގާތުން ސިއްހީ ފުރިހަމަ ހިދުމަތްތަކެއް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމާއި އަދި ހާއްސަކޮށް ދަތުގެ ފަރުވާތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
މި ކްލިނިކްގައި ދަތުގެ ފަރުވާ ދެމުންގެންދާނީ ޑރ ޖޯރޖީ ސެލްވަރރާޖެވެ. ދަތުރުގެ ފަރުވާގެ އިތުރުން އިތުރު ފަރުވާތައްވެސް މި ކްލިނިކުން ލިބެން ހުންނާނެ އެވެ. އެގޮތުން، ހާއްސަ ޑޮކްޓަރުންގެ ގޮތުގައި ބަލަމުންގެންދާނީ އެތެރެހަށީގެ ޑރ. މުހައްމަދު ނަޒީފް، އޮޕަރޭޝަން ޑޮކްޓަރު ޑރ. އަލްތާފް އަދުނާން އިސްމާއިލް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު މުހައްމަދު ފައިސަލް، އަދި އާންމު ބަލިތަކުގެ ހާއްސަ ޑރ. ފާތުމަތު ލީނާ އެވެ.
ކުޅުދުއްފުށީ ބީއެމްއެލް ބުރާންޗް ކައިރީގައި ހުޅުވި މި ކްލިނިކް ހުޅުވާފައިވާ ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހައެއްގެ ހެނދުނު 09:00 – 13:00 އަދި ހަވީރު 17:00 – 21:00 އަށެވެ. އެޕޮއިންޓްމަންޓް ހެއްދޭނެ ގަޑިތަކަކީ 9:30- 11:00 އަށް އަދި ހަވީރު 17:30 – 19:00 އަށެވެ. 6527315 ނަމްބަރަށް ގުޅައިގެން އެޕޮއިންޓްމެންޓް ހަމަޖެހޭނެކަމަށް އެ ކްލިނިކުން މައުލޫމާތުދެ އެވެ.
އާސަންދަ ހިދުމަތް މިވަގުތު ލިބެން ނެތް ކަމުގައިވިޔަސް އާސަންދަ ހާމަޖެހުނުހާ އަވަހަކަށް، ކްލިނިކުން ހިދުމަތްހޯދާ ފަރާތަކަށް އާސަންދާ ލިބިގެން ދާނެކަމަށް ކްލިނިކުން މައުލޫމާތުދެ އެވެ.