twitterviber whatsapp telegramfacebookyoutube instagram
23rd October 2025

3 ހޮސްޕިޓަލެއްގެ ބެކްއަޕް ޖަނަރޭޓަރު ސިސްޓަމް ގާއިމް ކުރުމަށް ފެނަކައާ ހަވާލުކޮށްފި

ޚަދީޖާ އާދަމް
Jan 28, 2021

އަތޮޅުތެރޭ 3 ހޮސްޕިޓަލެއްގެ ބެކައަޕް ޖަނަރޭޓަރު ސިސްޓަމް ގާއިމްކުރުމަށް ހެލްތް މިނިސްޓްރީއާއި ފެނަކައާއި ދެމެދު އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބެކްއަޕް ޖަނަރޭޓަރު ސިސްޓަމް ގާއިމް ކުރާނެ އެވެ.

މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދިނުމުގެ ގޮތުން ހެލްތް މިނިސްޓްރީއާއި ފެނަކައާއި ގުޅިގެން ހިންގާ މަޝްރޫއެއް ކަމަށް ފެނަކައިން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355