twitterviber whatsapp telegramfacebookyoutube instagram
11th May 2025

"ކޮކާ އެންޑް މީލްސް" ކެމްޕެއިން ރާއްޖޭގައި ފަށައިފި

Jan 28, 2021

އެންމެން އެކުވެ، ކެއުމާއި، ގުޅިގެން އުޅުމަށް ހިތްވަރުދިނުމަށް ކޮކާކޯލާއިން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ކޯކް އެންޑް މީލްސް" ކެމްޕެއިން ރާއްޖޭގައި ފަށައިފި އެވެ.

މި ކެމްޕެއިންގެ ތެރެއިން ކޮންމެ ދެ ލީޓަރުގެ ކޯކް ފުޅިއަކާއެކު "ކޮކާކޯލާ"ޖަހާފައިވާ ހާއްސަ ބިއްލޫރި ތައްޓެއް ހިލޭ ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ތަށިތައް ލިބިގެން ދަނީ ވަކި ހާއްސަ ފިހާރަތަކުންނެވެ.

ކޮކާކޮލާގެ ކަންޓްރީ މެނޭޖަރ ޕަންކާޖް ސިންހާ ވިދާޅުވީ މި ކެމްޕެއިން ރާއްޖޭގައި ފެށުމަކީ އުފާކުރާ ކަމެއް ކަމަށާއި ނިއު ނޯމަލްގެ ތެރޭގައި އާއިލާއެކުގައި ގިނަ ވަގުތު ގޭގައި ހޭދަކުރާއިރު މި ޕްރޮމޯޝަންގެ މަގުސަދަކީ ކެއުމުގެ ވަގުތުގައި އާއިލާގެ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ.

މި ހާއްސަ ކެމްޕޭނާއިއެކު ރާއްޖޭގައިވެސް އާއިލީ ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ޕްރޮމޯޝަން މާރޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކޮކާކޯލާއިން ބުނެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com