twitterviber whatsapp telegramfacebookyoutube instagram
29th August 2025

ކޮވިޑުގެ ބަލިމަޑުކަމާއެކު ބީއެމްއެލްގެ ފައިދާ 60 ޕަސެންޓް ދަށަށް

ޚަދީޖާ އާދަމް
Jan 31, 2021
1

ކޮވިޑުގެ ބަލިމަޑުކަމާ ހުރެ މިދިޔަ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފައިދާ 60 ޕަސެންޓް ދަށަށް ގޮސްފިއެވެ. މިއީ 326.4 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

ބޭންކުން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ފަހު ކުއާޓާރުގެ މާލީ ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ބީއެމްއެލްއަށް 2.6 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބުނީ 728 މިލިއަން ރުފިޔާ އެވެ.

ޖުމްލަ ފައިދާގެ ގޮތުގައި 2020 ވަނަ އަހަރު ބީއެމްއެލް އަށް ލިބިފައިވަނީ 329 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ޖުމްލަ ފައިދާއަށް އެއް ބިލިއަން ރުފިޔާ ބޭންކަށް ލިބުނެވެ.

އޭގެ ކުރީ އަހަރު ޖުމްލަ އާމްދަނީ އަށް 2.7 ބިލިއަން ރުފިޔާ ލިބުނު ކަމަށް ހިސާބުތައް ދައްކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355