twitterviber whatsapp telegramfacebookyoutube instagram
23rd May 2026

އެވިޑް ކޮލެޖުން 30 ދަރިވަރަށް ސްކޮލަޝިޕް ދީފި

Feb 1, 2021

އެވިޑް ކޮލެޖުން 2019 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ނައިބު ރަޝާދު ސްކޮލަޝިޕް މިއަހަރުވެސް އެ ކޮލެޖުން ދީފިއެވެ.

މިއަހަރު ސްކޮލަޝިޕް 30 ދަރިވަރުންނަށް ދީފައިވާއިރު އޭގެތެރެއިން 10 ސްކޮލަޝިޕް ދީފައިވަނީ މާލޭ ކެމްޕަހުގެ ދަރިވަރުންނަށެވެ. އަދި 20 ސްކޮލަޝިޕް ދީފައިވަނީ ތިނަދޫ ކެމްޕަހުގެ ދަރިވަރުންނަށެވެ.

ސްކޮލަޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ޗެއާރމަން އަބްދުﷲ މުސްތާގް ރަޝާދު ވަނީ ހުރިހާ ދަރިވަރުންނަކީވެސް އަހުލާގީގޮތުން ރަނގަޅު ބަޔަކަށް ވުމަށް ނަސޭހަތްތެރި ވެފައެވެ.

މި ސްކޮލަޝިޕް ނަން ދެވިފައިވަނީ ޗެއާމަންގެ ބައްޕާފުޅުގެ ނަމާ ގުޅުވައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355