twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގު އާރްބީ ކުއެސްޓުން މޮޅުވި ބައިވެރިން އިއުލާންކޮށްފި

Feb 6, 2021

ރާއްޖޭގެ އެންމެ ފުރަތަމަ އޮގްމެންޓެޑް ރިއަލިޓީ ގޭމް ކަމަށްވާ އާރްބީ ކުއެސްޓް މިދިޔަ ޑިސެމްބަރު މަހު ހާއްސަ ފީޗާތަކަކާއެކު އެނބުރި އައިސްފައިވަނީ ހައްސަ އިނާމުތަކަކާއި ޕްރޮމޯޝަނަކާއި އެކުއެވެ. މި ޕްރޮމޯޝަނުގައި މަމެން ކަސްޓަމަރުންގެ އިތުރުން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުުރުސަތު ދިރާގުން ހުޅުވާލި އެވެ.

އެގޮތުން ދިރާގުން ވަނީ އިއްޔެ އާރްބީ ކުއެސްޓްގެ ލީޑަރ ބޯޑްގެ އެންމެ ކުރީގައި 3 ބައިވެރިން އިއުލާންކޮށްފައެވެ.

އެގޮތުން އެއްވަނައަށް ގޮސްފައިވަނީ 21،971 ޕޮއިންޓާއެކު "މާވަޑި" ނަމުގައި ގޭމްގައި ބައިވެރިވި މުހައްމަދު ހަސަނެވެ. ދެވަނައަށް 21،528 ޕޮއިންޓާއެކު "ލަކުޑިބޯ" ގެ ނަމުގައި ގޭމްގައި ބައިވެރިވި މުހައްމަދު ޖުމާން ރަޝީދު ގޮސްފައިވާއިރު ތިންވަނައަށް ގޮސްފައިވަނީ 17،259 ޕޮއިންޓާއެކު "ކަރަންފޫގެ ނަމުގައި ގޭމްގައި ބައިވެރިވި މުހައްމަދު ޝާކިރެވެ.

އެއްވަނަ ދިޔަ ފަރާތްތައް އިނާމުގެ ގޮތުގައި އައިފޯން 12 ޕްރޯ މެކްސް (128ޖީބީ) އެއް ދީފައިވާއިރު ދެވަނައަށް ދިޔަފަރާތައް އިނާމެއްގެ ގޮތުގައި ދީފައިވަނީ ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ ފޯނެކެވެ. ތިންވަނައަށް ދިޔަ ފަރާތައް ލިބިފައިވަނީ ސެމްސަންގް ގެލެކްސީ 20 ޕްލަސް ފޯނެކެވެ.

މި ގޭމްކުޅިގެން އަދިވެސް ބޯނަސް ޑޭޓާ ހޯދާ މަމެން މޮބައިލް އެޕްލިކޭޝަނަށް ޓްރާންފައި ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މި ޕްރޮމޯޝަން އަންނަ މަހު 6 ގެ ނިޔަލަށް ކުރިއަށް ދާނެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355