twitterviber whatsapp telegramfacebookyoutube instagram
18th February 2026

ބީއެމްއެލް ކާޑުތަކުން ވިޔަފާރިކޮށްގެން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންއެއް ފަށައިފި

ނަބީލާ އިސްމާޢީލް
Feb 7, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ތަކުން ވިޔަފާރި ކުރާ ފަރާތް ތަކަށް ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަންގައި 25 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ދެ އެވެ.

ބީއެމްއެލް އިން ވަނީ ކާޑުން ވިޔަފާރި ކުރާ ފަރާތް ތަކަށް ޑިސްކައުންޓް ދިނުމުގެ ގޮތުން ބީއެމްއެލް އޮފާ ޕޯޓަލް އެއް ތައާރަފް ކޮށްފަ އެވެ. މި ޕޯޓަލްގައި ހިމެނެނީ އެ ކުންފުނީގެ ކާޑު ބޭނުންކުރާ ވިޔަފާރި ތަކެވެ.

ބޭންކުން ތައާރަފު ކޮށްފައިވާ އޮފާ ޕޯޓަލްގައި ފަރުނީޗަރާއި ޑައިނިން އަދި ޓްރެވަލް އާއި ރިކްރިއޭޝަން އަދި ސެންޓުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން ކަސްރަތާއި ފިޓްނަސް އަދި މިނޫން ވެސް ގިނަ ވިޔަފާރި ތަކެއް ހިމެނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި މި ލިސްޓަށް ގިނަ ވިޔަފާރި ތަކެއް އެޑްވަމުން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ކާޑުގެ ހިދުމަތްދޭ ކުންފުންޏެވެ. ބީއެމްއެލް ކާޑު ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު ތިން ލައްކަ އަށް އަރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355