twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކައުންސިލް ޤުރުއާން މުބާރާތް އައުޓްސޯސް ކުރުމަށް ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Feb 10, 2021

ކުޅުދުއްފުށީ ކައުންސިލު އިދާރާއިން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް އައުޓްސޯސް ކުރުމަށް ކައުންސިލުން ފާސްކޮށްފި އެވެ.

ކައުންސިލްގައި މިއަދު ބޭއްވި އާންމު ބައްދަލުވުމުގައި އެގޮތަށް މިއަހަރުގެ ޤުރުއާން މުބާރާތް ކުރިއަށްގެންދަން ފާސްކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މިމައްސަލަ ހުށައަޅުއްވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ކުއްލިއަކަށްވެސް ކައުންސިލް ބިޒީވެދާނެތީ އާއި އަދި ކުރިއަށްއޮތް ދުވަސްތަކަކީ ކައުންސިލް އިންތިހާބުގެ ދުވަސްތަކަމުން އެތަނުގެ މުވައްޒަފުން އިންތިހާއަށް ބިޒީވާނެ ދުވަސްތަކެއްވުމުން ކަމަށެވެ.

މީގެ އިތުރުން އަމިއްލަ ބަޔަކުވެސް ކައުންސިލާ ގުޅިގެން ޤުރުއާން މުބާރާތް ބާއްވަން ޝައުގުވެރިކަންފާޅުކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފްގެ ވާހަކަތަކަށް ތާއިދުކުރައްވައި ވާހަކަދައްކަވަމުން ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ، މީގެ ކުރީގެ ތަޖުރިބާއަށް ބަލާފައި މިއަހަރުގެ މުބާރާތް ބާއްވާނެ ފަރާތެއް ހޯދަން އިއުލާނުކޮށްގެން ކުރިއަށްގެންދިޔުމަށް ވިދާޅުވެފަ އެވެ.

"އެހެން ބަޔަކަށް މިކަމުގައި ޝާމިލްވެ އުޅުމަށް ފުރުސަތު އެބަ ލިބޭ. އަޅުގަނޑުމެންގެ މަދު މުވައްޒަފުންނާ، މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ދަތިތަކެއް ހުންނާތީ." އަލީ ހާޝިމް ވިދާޅުވި އެވެ.

މީގެން ކުރިން އަހަރަކުވެސް ކައުންސިލް ޤުރުއާން މުބާރާތް އައުޓްސޯސްކޮށް ކުރިއަށްގެންދިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355