twitterviber whatsapp telegramfacebookyoutube instagram
25th August 2026

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Feb 18, 2021

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފި އެވެ. އެކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލީ 1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށް މުޅި ރާއްޖޭގައި ފަގީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމުމާއި ގުޅިގެން ކަމަށެވެ.

އެހެން ކަމުން މިހާރު ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުންވެސް އަލުން ރެޖިސްޓްރީން ވާން ޖެހޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ރަޖިސްޓްރީ ވުމަށް އެ ކައުންސިލުން މިމަހު 16 ވަނަ ދުވަހުން ފެށިގެން އަންނަ މާޗުމަހުގެ 21 ވަނަ ދުވަހުގެ ނިޔަަލަށް ފޯމު ދޫކުރުމަށް ވަނީ ހަމަޖެހިފައިއެވެ. ފޯމް ދޫކުރަމުން ދާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 ން މެންދުރުފަހު 13:00 ށެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީން ފެށިގެން 21 މާޗުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުުރު 12:00 ށެވެ.

ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު މިދިޔަ އަހަރު ކުޅުދުއްފުށިން ފަގީރުންގެ ގޮތުގައި 286 މީހުން ވަނީ ރެޖިސްޓްރީވެފައެވެ. 2019 ވަނަ އަހަރު ރަޖިސްޓްރީވެފައިވަނީ 243 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355