twitterviber whatsapp telegramfacebookyoutube instagram
24th April 2024

އީވްސްގެ ކެމެރާއަށް އެރީ ރީނދޫ ޕެންގްއިންއެއް

Feb 21, 2021

ބަލްގޭރިއަންގެ ވައިލްޑްލައިފް ފްޓޯގްރެފަ އީވްސް އެޑަމްސް 2019 ވަނަ އަހަރު ޑިސެމްބަރުގައި ސައުތް ޖޯޖިއާއަށް ކުރި ދަތުރުވީ އޭނާއަށް އާދަޔާ ހިލާފު ދަތުރަކަށެވެ. އަލަށް ފެނުނު ރީނދޫ ޕެންގްއިން ފުރަތަމަ އަޅައިގަތީ އޭނާގެ ލޮލުގައެވެ.

ދެމަހުގެ ފޮޓޯ އެގްޒަބިޝަނެއް ހިންގުމަށް ސައުތް އެތްލާންޓިކަށް ކުރި ދަތުރުގައި އީވެސް ގެ ގްރޫޕް ސައުތު ޖޯޖިއާއަށް މަޑުކޮށްލީ ޕެންގްއިން ފޮޓޯ ނެގުމަށެވެ. އެތަނުގައި 120،000 ޕެންގްއިން ތިބިއިރު އީވްސް ރީނދޫ ޕެންގުއިން އަޅައިގަތީ އެ ގްރޫޕުކައިރިއަށް އެއްގަމަށް ޕެންގުއިން އެރިވަގުތުއެވެ.

"މީގެ ކުރިން ނުވެސް އެނގޭ ރީނދޫ ޕެންގުއިން އުޅޭ ކަމެއް. ނަސީބަކުން އެ ޕެންގުއިން އެއްގަމަށް އެރީ އަހަރެމެން ގްރޫޕުކައިރިއަށް، އެއަށްވުރެ 50 މީޓަރުދުރަށް އެރިނަމަވެސް އަހަރެމެންނަށް އޭތި ނުފެނުނީސް" ކެނެޑީ ނިއުސްއަށް ދިން އިންޓަވިއެއްގައި އިވްސް ބުންޏެވެ.

އާންމުކޮށް ޕެންގުއިން ފެންނަނީ ހުދާ ކަޅުކުލައިންނެވެ. އެ ޕެންގުއިންތަކުގެ ބޮލު ދެފަރާތާއި ކަރުގައި ދޮން ކުލަ ފާހަގަވި ނަމަވެސް ހުސް ރީނދޫކުލައާއި ހުދުކުލައިގެ ޕެންގުއިން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެހެން ޕެންގުއިންތަކާއި ހިލާފަށް މި ޕެންގުއިން ލޮލާއި ތުންގަނޑު އަދި ބުރަކަށިމަތީގައި ހުރީ ވަރަށް މަޑުމަޑު ކްރީމް ކުލައެވެ.

އީވްސް ބުނީ މިއީ ލުސިސްޓިކް ޕެންގުއިންއެއް ކަމަށެވެ. އެގޮތުން ސައިންސްވެރިން ހޯދި ހޯދުން ތަކުން އެނގޭގޮތުގައި އޭތީގެ ހަށިގަނޑުގައި ހުރި ދޮންކުލައަކީ އެހެން ޕެންގުއިންތަކާއި ހިލާފަށް ހަށިގަނޑަށް ކުލަދޭ ޕިގްމެންޓުގައި ތަފާތުވުމުން އަރާ ދޮންކުލައެއް ކަމެވެ. އެހެންވަނީ އެ ޕެންގުއިންގެ ހަށިގަނޑުގައި މެލަނިން ނުއުފައްދާތީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355