twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓާ އަޅަން ފަންޑު ވަނީ ހަމަޖެހިފައި: ރައީސް

އަބްދުލް ވާހިދު ޙަސަން
Feb 24, 2021
3

ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓާ އިމާރާތްކުރުމަށް ކުވެއިތުން ފަންޑުން ހަމަޖެހިފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހދ އަތޮޅު އަދި ކުޅުދުއްފުށި ސިޓީގެ ކެނޑިޑޭޓުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ސިއްހީ ހިދުމަތުގެ ދާއިރާއިން އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިފައިވާކަމަށް ވިދާޅުވި އެވެ.

"ރީޖަނަލް ހޮސްޕިޓަލް މިއަދު މިވަނީ އަޅުގަނޑުމެން ހީނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެއް ގެނެވިފަ. އަދި އަޅުގަނޑުމެން އޭރު ވައުދުވީގޮތަށް، އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އެބަދޭ." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުޅުދުއްފުއްޓާއި ތިނަދޫގެ ހޮސްޕިޓާ އަޅަން ނިންމާފައިވަނީ ކުވެތު ފަންޑުން ކަމަށާއި އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހި ނިމިފައިވާ ކަމަށެވެ.

ވޭތުވެދިޔަ ދެ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު 184 ރަށަކުން އެއްލައްކަށްވުރެގިނަ މީހުން ހިދުމަތް ހޯދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިގެނައި ބަދަލުތަކުގެ ތެރޭގައި ސްޕެޝަލިސްޓުން އަޅުގަނޑުމެން އައިރުގައި ތިބީ 18، އެ އަދަދު 27 އަށް ވަނީ އިތުރުކޮށްފަ. މެޑިކަލް އޮފިސަރު 9 އަކުން 19 އަށް، ޖުމްލަ އަޅުގަނޑުމެން އިތުރުކޮށްދީފިން 46 ޑޮކްޓަރުން." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެމްއާރުއައި އާއި ސީޓީ ސްކޭނިންގ އާއި ލެބޯޓްރީގެ އެކި ހިދުމަތާއެކު ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މާރޗުމަހުގެ ތެރޭގައި އެމްއާރުއައި މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އާ ހޮސްޕިޓާ އެޅިގެންދާއިރު ތަފާތު އެކި ހިދުމަތްތައް ލިބިގެންދާނެކަންވެސް ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355