twitterviber whatsapp telegramfacebookyoutube instagram
3rd January 2026

ކުރީގެ ރައީސް ސޯލިހްގެ މަންމާފުޅު އަވަހާރަވެއްޖެ

ނަބީލާ އިސްމާޢީލް
Jul 18, 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު މިއަދު އަވަހާރަވެއްޖެ އެވެ.

މުއުމިނާ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

މުއުމިނާ އަކީ ރައީސް ސޯލިހުގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހާއި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފާތުމަތު ސޯލިހުގެ ވެސް މަންމާފުޅެވެ.

މުއުމިނާގެ 12 ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ގުރުއާން ހިތުދަސް ތިން ހާޒިފުން ވެސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355