twitterviber whatsapp telegramfacebookyoutube instagram
9th August 2026

ބަނދަރަށް އާ ޑިޒައިނެއް، މައްސަލަތައް ހައްލުކޮށްދޭނަން: ރައީސް

Feb 24, 2021
4

އޭޑީބީން ކުޅުދުއްފުށީގައި ތަރައްގީކުރި ބަނދަރުގައި ގިނަ މައްސަލަތަކެއް ހުރުމުން ބަނދަރުގެ އާ ޑިޒައިނެއް ހަދަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރަށްވެހި ފަތިސް ކެމްޕޭނުގައި ހދ އަތޮޅު އަދި ކުޅުދުއްފުށި ސިޓީގެ ކެނޑިޑޭޓުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް، އޭޑީބީން ހަދައި އެ ބަނދަރު ބޭނުންނުކުރެވި އޮތް މައްސަލަ ޕްނޭނިންގ މިނިސްޓްރީގައި އެބައޮތް ކަމަށާއި އެހެންވެ އަލުން އާޑިޒައިނެއް ހެދުމުގެ މަސައްކަޔް ކުރަމުންދާ ކަމަށެވެ.

އޭޑީބީގެ ލޯނު އެޕްރޫވްކުރުމަށްފަހު ޑިޒައިނަށް ބަދަލުގެނައުމަކީ ވަރަށް އުނދަގޫކަމެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެ ބަނދަރު ބޭނުންކުރެވޭނެ ގޮތެއް ހޯދައިދޭނެ ކަމަށެވެ.

ކުޅުދުއްފުށީގައި އަލަށް ހަދައި ބަނދަރުގައި ގިނަ މައްސަލަތަކެއް ހުރުމުން އެކަމާ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ. އެގޮތުން ބޭރު ތޮށި ބޭނުންކުރެވޭނެ ގޮތެއް ނެތުމާއި ބަނދަރަށް ވެލި އަޅައި ތިލަވުންފަދަ ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އެ މައްސަލަތައް ކައުންސިލުން ވަނީ ޕްލޭނިންގ މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355