twitterviber whatsapp telegramfacebookyoutube instagram
9th March 2026

ދިރާގު ޓީވީއިން "ފީ ފްރީ" ފްރޮމޯޝަނެއް

Feb 27, 2021

ދިރާގު ކަސްޓަމަރުންނަށް އަނެއްކާވެސް ވަރަށް ހާއްސަ ޕޮރޮމޯޝަންއެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރ) ވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ދިރާގުޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. މި ޕޮރޮމޯޝަން ކުރިއްދާނީ 31 މޭ 2021ގެ ނިޔަލަށެވެ.

ދިރާގު ޓީވީގައި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު މި ހިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 54 ރަށް ހިމެނޭ އިރު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ހިދުމަތް ފޯރުކޮށްދީފައިވާކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355