twitterviber whatsapp telegramfacebookyoutube instagram
28th July 2026

ކައުންސިލާއި ޕެންޓަގުރާމް ގުޅިގެން ނޮޅިވަރަމު ރައްޔިތުންނަށް މާސްކު ބަހައިފި

ޚަދީޖާ އާދަމް
Feb 28, 2021

ހދ ނޮޅިވަރަމް ކައުންސިލާ ޕެންޓަގްރާމް ފިހާރަ ގުޅިގެން ނޮޅިވަރަމްގެ ރައްޔިތުންނަށް މާސްކް ބަހައިފި އެވެ. ޕެންޓަގުރާމުން އެރަށަށް 2500 އަށްވުރެގިނަ ފެންވަރު ރަނގަޅު ފޮތި މާސްކު ހަދިޔާކުރި އެވެ.

އެރަށު ކައުންސިލް މެންބަރު ނަސީރު ވިދާޅުވީ ކައުންސިލުންގެ އިސްނެގުމަށް ހިންގި މި ހަރަކާތުގައި މާސްކު ބެހީ އެރަށުގައި އުޅޭ ދެ އަހަރުން މަތީގެ ކޮންމެ މީހަކަށް މާސްކެއް ކަމަށެވެ.

ނަސީރު ވިދާޅުވީ ޕެންޓަގްރާމުން މާސްކު ހަދިޔާކޮށްފައިވަނީ އެރަށު ކައުންސިލުން އިސްނަގައިގެން ޕެންޓަގްރާމާއެކު ކުރެވުނު މަޝްވަރާގެ ތެރެއިން ކަމަށެވެ. ޕެންޓަގްރާމުން ހަދިޔާކޮށްފައިވަނީ ދޮވެގެން ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު ފޮތި މާސްކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއީ ކޮވިޑްގެ ދަތި އުނދަގޫ ވަގުތު ރައްޔިތުންނަށް މާސްކު ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމަށް ކައުންސިލުން ކުރި މަސައްކަތެއް ކަމަށާއި މާސްކުތައް މިހާރު ރައްޔިތުންނަށް ބަހާފައިވާނެކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355