twitterviber whatsapp telegramfacebookyoutube instagram
25th August 2026

ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެކްސިން ޖަހައިިފި

Feb 28, 2021

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް މޯލްޑިވްސް ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި އެވެ.

ސަރުކާރުން ފަށާފައިވާ "ކޯވިޑް-19 ދިފާއު" ކެމްޕޭނުގެ ދަށުން މިހާތަނަށް އެ މުއައްސަސާގެ 74 ޕަސަންްޓް މުވައްޒަފުން "ކޮވިޝީލްޑް" ވެކްސިން ޖަހާފައިވެއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ އަދި ހުޅުމާލެ ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ރީޖަނަލް ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނޭ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، އިތުރު މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ރާއްޖޭގައި މިހާތަނަށް އެއްލަކަ އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355