twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގުން ފައްޔާޒާ ހަވާލުކޮށްފި

Mar 1, 2021
1

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްކޮށް މަގާމުން ވަކިކުރުމާއި ގުޅިގެން އެ މިނިސްޓްރީ ހިންގުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ހަވާލު ކުރައްވައިފިއެވެ.

މަލީހު މަގާމުން ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވި އިރު ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަގާމުން ވަކިވީ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީގެ ވަގުތީގޮތުން ހިންގެވުމަށް މިއަދުން ފެށިގެން މިނިސްޓަރު ފައްޔާޒާ ހަވާލުކޮށްފައިވަނީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމުން އެމަނިކުފާނު މަގާމުން ވަކިވެފައިވާތީ ކަމަށެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްނަންގަވައިގެން 14 މެމްބަރުންގެ ސޮއި އާއެކު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ފެބުރުއަރީ 10 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355