ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްތައް ބޭނުންކުރާއިރު ހިދުމަތް ބޭނުންކުރާއިރު ކަސްޓަމަރުން ސަމާލުކަންދޭންވީ ކަންތަކުގެ އިރުޝާދުތަކަށް އަމަލު ކުރުމަށް ބޭންކުން އިލްތިމާސް ކޮށްފިއެވެ. މިހާރަކަށް އައިސް ނަގުދު ފައިސާ ނޫން އެހެން ބައެއް ތަކެތި އޭޓީއެމްއަށް ލުމުގެ ސަބަބުން ހިދުމަތް މެދުކެނޑިގެން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އޭޓީއެމްގެ ހިދުމަތް ދިނުމަށް ބޭންކުގެ މުވައްޒަފުން ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި ހިދުމަތް ދިނުމަށްޓަކައި ބޭންކުގެ މުވައްޒަފުން އޭޓީއެމް ބަހައްޓާފައިވާ ރަށަކަށް ދަތުރުކުރަންޖެހޭކަމަށް ބޭންކުން ބުންޏެވެ.
މީގެ އިތުރުން އޭޓީއެމްއަށް ލިބޭ ގެއްލުމަށް ބަލައި އެކަމެއް ރަނގަޅުކޮށް އަލުން ހިދުމަތްދޭން ފެށުމަށް ރާއްޖޭން ބޭރުން އާލާތްތައް ގެންނަންޖެހޭ ފަހަރުވެސް އަންނަ ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު މިކަމަށް ގިނަ ވަގުތު ހޭދަވެ ހިދުމަތް މެދުކެނޑިފައި ހުންނަ ވަގުތު އިތުރުވެގެން ދާތަން އަންނަ ކަން ބީއެމްއެލް އިން ފާހަގަ ކުރެއެވެ.
އޭޓީއެމް މެދުވެރިކޮށް ސެލްފް ސާވިސް ބޭންކިން ހިދުމަތް މެދުނުކެނޑިލިބޭނެހެން ކަސްޓަމަރުން އަމަލުކުރުމަށް ބޭންކމުން ވަނީ އިލްތިމާސް ކޮށްފައެވެ.