twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބީއެމްއެލްއިން 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ފަށައިފި

ޚަދީޖާ އާދަމް
Mar 6, 2021

ބޭންކު އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ފަށައިފިއެވެ. އެގޮތުން ހިއްސާއަކަށް 26 ރުފިޔާގެ މަގުން ޖުމްލަ ސަތޭކަ ތިރީސްނުވަ މިލިއަން ނުވަލައްކަ ނަވާވީސްހާސް ނުވަސަތޭކަ ވިހި ރުފިޔާ ހިއްސާދާރުންނަން ބެހުމަށް ބީއެމްއެލްގެ ބޯޑުން ހުށަހެޅި ހުށަހެޅުން އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވަނީ ފާސްކޮށްފައެވެ.

އަހަރީ އާންމު ޖަލްސާގައި ފާސްކުރި ގޮތަށް ހިއްސާގެ ފައިދާ ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 18ވަނަ ދުވަހާއި ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ހިއްސާދާރުންނަށެވެ.

ބީއެމްއެލްއިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 31 ވަނަ ދުވަހު ބޭއްވި އެ ބޭންކުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކުރި 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބެހުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާރު ދެއްވާފައިވާކަމަށެވެ. އެގޮތުން ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރުމަށް އެދުނު ފަރާތްތަކުގެ އެކައުންޓަށް މިހާރު ޖަމާކުރެވިފައި ކަމަށްވެސް ބޭންކުން މައުލޫމާތު ދެއެވެ.

ހިއްސާދާރުންގެ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރެއްވުމަށް ނުވަތަ ބޭންކް އެކައުންޓް ބަދަލުކުރެއްވުމަށް ބޭނުންވާ ހިއްސާދާރުން އަންނަމަހުގެ 30 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ފޯމު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ހިއްސާދާރުންގެ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު ބީއެމްއެލްގެ މައި އޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ނުވަތަ ބޭންކުގެ ބްރާންޗަކަށް ނުވަތަ ބޭންކަށް އީ-މެއިލް ކުރުމަށް އެބޭންކުން އެދިވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355