ކޫލްޓެމްޕް މޯލްޑިވްސްގެ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. ކޫލްޓެމްޕް ކުޅުދުއްފުށި ނަމުގައި ހުޅުވި މި ފިހާރަ ހުޅުވައިދެއްވީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަނެވެ.
ކޫލްޓެމްޕް މޯލްޑިވްސްއަކީ ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ގެ ސްޕެއަރ ޕަރޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ބަޔެވެ.
އާދިއްތަ ދުވަހު ހުޅުވި މި ފިހާރާގައި ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިްގެ ސްޕެއަރ ޕާޓްސްގެ އިތުރުން ތަފާތު ބާވަތްތަކުގެ ހާޑްވެއަރ ސާމާނު ލިބެން ހުންނާނެ އެވެ. މި ފިހާރައިގެ ނަމްބަރަކީ 6522070 އެކެވެ.
ކޫލްޓެމްޕް ކުޅުދުއްފުށީ ފިހާރައިގެ ޕާރޓްނަރު މުހައްމަދު އަހުމަދު ބުނީ، އެ ފިހާރައިގެ އަމާޒަކީ ކުޅުދުއްފުއްޓާއި ސަރަހައްދުގެ ރަށްތަކަށް ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަންގެ ސްޕެއަރ ޕާރޓްސްގ އިތުރުން ހާޑްވެއަރ ސާމާނު ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ކޮރަލް ދަނޑު ކައިރި، މެގްމާގޭގައި ހުޅުވުނު މި ފިހާރަ ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކު ހެނދުނު 8:30- 12:00 އަށް، އަދި މެންދުރުފަހު 13:30-15:15 އަށް ހުޅުވިފައި ހުންނާނެ އެވެ. އަދި ހަވީރާއި ރޭގަނޑުވެސް ފިހާރަ ހުޅުވިފައިހުންނާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.