twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނަޝީދު އެންޑް ކޯ އުތުރު ގޮތްޕަށް ރިސެޕްޝަނިސްޓަކު ހޯދަނީ

Mar 10, 2021

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ ލޯ ފާމުގެ އުތުރު ބްރާންޗަށް ރިސެޕްޝަނިސްޓަކު ހޯދަން އިއުލާންކޮށްފި އެވެ.

ކުޅުދުއްފުށީގައި ހުޅުވާފައި ހުންނަ އެ އޮފީހަށް ހޯދައި ރިސެޕްޝަނިސްޓަކުގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތް އެއްބަސްވާ އަގަކަށްށެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ އޮފީހަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި ލިޔެކިޔުންތައް ބަލައިގަތުމާއި ލިޔެކިޔުންތައް ހަވާލުކުރަން ޖެހޭ ފަރާތަކާއި ހަވާލުކުރުމެވެ. އަދި އޮފީހުގެ އެހެނިހެން މުވައްޒަފުންނާއި އިދާރީގޮތުން އެހީތެރިވެދޭން ޖެހޭ ހާލަތުގައި އެހީތެރިވެދިނުމެވެ.

މީގެ އިތުރުން އިދާރީ އެހެނިހެން މަސައްކަތް ކުމާއި އޮފީހުގެ ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމާއި، މަގާމާއި ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުމެވެ.

މަގާމުގެ ޝަރުތަކީ ޖީސީއީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދަށްވެގެން ތިން މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއި ކޮމްފިއުޓަރ މަސައްކަތަށް އަހުލުވެރި ފަރާތެއް ކަމުގައިވުމެވެ. ޖީސީއީ އޯލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިހާނަކު ދވެހި އަދި އިނގިރޭސިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވަނަދުވަހުގެ 15:00 ގެ ކުރިން، ނަޝީދު އެންޑް ކޯ އެލްއެލްޕީ/ އުތުރު ބްރާންޗަށް ހުށަހެޅުމަށް އެފަރާތުން އެދެ އެވެ. ނުވަތަ އެތަނަށް އީމެއިލް ކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ހަފްތާ ބަންދުނޫން ކޮންމެހެން ދުވަހެއްގެ 8:00-16:00 އަށް 7288778/6527887 ގުޅުވުމުން ލިބޭނެ އެވެ.

ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ މިމަހު 15 އަދި 16 ވަނަ ދުވަހު ނަޝީދު އެންޑް ކޯގެ އުތުރު ބުރާންޗްގަ އެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355