twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވަޒީފާ އާއި އުމުރަށް ބަލާ ހައުސިން މަޝްރޫއުތައް ދެން ނުހިންގާނަން: އަސްލަމް

ޚަދީޖާ އާދަމް
Mar 10, 2021

އަދާކުރާ ވަޒީފާއަށް ބަލައި ނުވަތަ ވަކި އުމުރުފުރާތަކަކަށް ހުޅުވާލައިގެން ސަރުކާރުން ދެން ހައުސިންގް މަޝްރޫއުތައް ނުހިންގާނެކަމަށް ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަމުން މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އިތުރު ބޯހިޔާވަހިކަން ގާއިމުކުރަން ޖެހޭ ކަމަށާއި މިވަގުތު ޕްރޮސެސް ހިނގަމުންދާ 11 ހައުސިންގް މަޝްރޫއެއް އެބަ އޮތް ކަމަށެވެ. އަދި އެ ހުރިހާ މަޝްރޫއަކުން ޖުމްލަ 15،222 ހައުސިންގް ޔުނިޓު އެޅޭނެކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި 11 މަޝްރޫއަކީ:

  • އަމަލީ މަޝްރޫއު ހިނގަމުންދާ 2 މަޝްރޫއު
  • އިންޖިނިއަރިން-ޕްރޮކިއުމަންޓް ކޮންޓްރެކްޓުގައި ސޮއިކުރެވިފައިވާ 2 މަޝްރޫއު
  • އެޗްޑީސީން ޓެންޑާ ކުރިއަށް ގެންދާ 2 މަޝްރޫއު
  • ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރެވިފައިވާ 2 މަޝްރޫއު
  • ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރަން މަޝްވަރާކުރަމުންދާ 2 މަޝްރޫއު
  • 2،000 ހައުސިންގް ޔުނިޓު ހިމެނޭ އިތުރު 1 މަޝްރޫއު

ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ތެރޭގައި 5،000 ޔުނިޓުުގެ ވާހަކަ އަމަލީ ގޮތުން ކުރިއަށް ގެންދަވާނެކަމަށާއި އެ މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަޒީފާއެއް ނުވަތަ އުމުރުފުރާއަކަށް ފެތޭތީ ގެދޮރު އަޅައިދިނުމުގެ ސިޔާސަތު ބަދަލުވެއްޖެކަން ހާމަކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ ހައުސިންގް ފޯމުތަކުގައި ދެން ހުށަހަޅާންޖެހޭ މައުލޫމާތުތަކާއި ފޯމުތައް އިވެލުއޭޓުކުރާނެ ގޮތްތައް ވިސްނުމަށްފަހު ތައްޔާރުކުރި ކަރުދާހެއް ކެބިނެޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355