twitterviber whatsapp telegramfacebookyoutube instagram
17th April 2024

ކުމުންދޫ ބަނދަރުގެ އެއްގަމު ތޮށީގައި ކުދިހިލަ ޖެހި މައްސަލަ ހައްލުކުރާނަން: އަސްލަމް

އަބްދުލް ވާހިދު ޙަސަން
Apr 17, 2023

ހދ ކުމުންދޫ ނެރާއި ދިމާލުގެ އެއްގަމު ތޮށީގައި ކުދިހިލަ ޖަހާފައިވާތީ އެކަން ރަނގަޅުކުރުމުގެ މަސައްކަތްކުރާނެކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ. ކުމުންދޫ ނެރު މައްޗަކީ ބޮޑު ރާޅު ނަގާ ތަނަކަށްވުމުން ބަނދަރަށް ވަދެ ނުކުމެ އުޅުމަކީ ވަރަށް ދަތިކަމެކެވެ.

އެހެންވުމުން ކުމުންދޫ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް 2020 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކުރެވުނު ނަމަވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުނީ އޭގެ އަހަރެއް ފަހުންނެވެ. ދޭތެރެ ދޭތެރެއިން މަސައްކަތް މެދުކެނޑެމުން ދިޔަ އެ ބަނދަރުގެ އެންމެ ބޮޑު މައްސަލައަކަށްވީ ނެރާއި ދިމާލުގައި އެއްގަމު ތޮށީގައި ކުދިހިލަ ޖެހުމުންނެވެ.

އެހާ ކުދިހިލައިން އެތަން ނުހިފަހައްޓާނެތީ އެކަމުގެ ކަންބޮޑުވުން އެރަށު ކައުންސިލުން ސަރުކާރުގެ ސަމާލުކަމަށް ގެނަ އެވެ. އެރަށު ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވެފައިވަނީ ނެރުގެ ރިވެޓްމަންޓްގައި ޖަހާފައިވަނީ އެންމެ ކުދިހިލަ ކަމަށެވެ.

"މިއީ އެއްވެސް ވަރަކަށް ޕްލޭން ނުކޮށް މަސައްކަތް ހިންގަމުންދާތީ ކުރިމަތިވަމުންދާ ގެއްލުން ގަދަ ދުވަސްތަކާ ކުރިމަތިލާއިރު އަދިވެސް ކުމުންދޫ ބަނދަރުގެ ބޭރު ތޮށީގައި ޖައްސާނެ ހިލަ ނުލިބޭ، އެއްގަމު ތޮށީގައި ޖެއްސި ހިލަތައް މިވަނީ ބަނދަރުތެރެއަށް ފައިބައިގެން ގޮއްސަ." އަމީން ލިޔުއްވި ޓްވީޓެއްގައިވެ އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ، ކުމުންދޫ ބަނދަރުގެ މަސައްކަތްކުރިއަށްދާ މިންވަރު ލަސްކަން ގަބޫލުކުރައްވާކަމަށާ ލަސްވާ ދިމާވި އެންމެ ބޮޑު ސަބަބަބީ އެމްޓީސީސީއަށް ހިލަ ލިބުން ދަތިވެގެން ކަމަށެވެ.

"ބްރޭކްވޯޓަރ ނުޖައްސާ އޮތްވާ އެބައޮތް އެއްގަމުގައި ރިވެޓްމެންޓެއް ޖައްސާފަ. ދެން އެ ރިވެޓްމެންޓް ޖައްސާފައި އޮތްއިރު އަޅުގަނޑަށްވެސް އިންޖިނިއަރުން ޔަގީންކަން އެބަދޭ އެތަނުގައި ހުރި ހިލައިގެ ސައިޒް އަސްލުގައި ޑިޒައިންކޮށްފައި ހުރި ހިލަ ސައިޒަށްވުރެ ކުޑަކަން. އެކަން އަޅުގަނޑުމެން ރަނގަޅުކުރުވާނަން." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އަސްލަމުވެސް ވިދާޅުވީ، ބުރޭކްވޯޓާ ޖެހިގެން ނޫނީ ރިވެޓްމެންޓް ނުހިފަހައްޓާނެ ކަމަށާއި އެ މަސައްކަތް ބާރަށް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355