twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބޮޑު ބަނދަރާއެކު ހަނިމާދޫއަށް ހިތްހަމަޖެހުން، ރައްޔިތުން އެދުނު ބަދަލުތައް ގެނެސްދިން

ނަބީލާ އިސްމާޢީލް
Apr 16, 2023
3

ހދ ހަނިމާދޫ ކައުންސިލާއި އެ ރަށުގެ ރައްޔިތުން އެދުނު ގޮތަށް، ސަރުކާރުން ހަނިމާދޫ ބަނދަރު ހަދާ ނިންމާލައިފި އެވެ. ތަރައްގީގެ ކުލަވަރުތައް ފެންނަމުންދާ ހަނިމާދޫއަކީ އުތުރުގެ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ރަށްކަމަވުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އެރަށު ބަނދަރުގެ ބޭނުން ހިފަން ޖެހެ އެވެ. ޖާގަ ކުޑަ އެ ބަނދަރު ބޮޑުކޮށް ތަނަވަސްކޮށްލުމުން ގިނަ ބަޔަކަށް އަންނަނީ އޭގެ ލުއި ފަސޭހަތައް ލިބެމުންނެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ ސަރުކާރުން ކުރިން ބަނދަރު ހަދަން ނިންމާފައިވާ ގޮތައްވުރެށް އިތުރު އެތައް ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިގެން ބަނދަރަށް އިތުރު ކުރެވިފައިވާނެ ކަމަށެވެ. ކުރިން ރައްޔިތުން އެދިފައި އޮތީ ބޭރު ތޮށީގައި ހިލަޖަހައިގެން ހެދުމަށް ކަމަށާއި ފަހުން ބޭރު ތޮއްޓަށް ވެލި އަޅައިގެންވެސް ބަދަލުކުރެވުން ކަމަށެވެ.

ނަމަވެސް ބަނދަރު ތެރެއަކީ ގަދަ މޫސުމަށް ވަރަށް ގަދަ ބަނދަރެއްކަމުން ރައްޔިތުން ބޭނުންވީ ބޭރުތޮށިވެސް ބޭނުންކުރެވޭނެ ގޮތަށް ބަނދަރު ހެދުމަށް ކަމަށެވެ. އެގޮތުން ބޭރު ތޮށީގައި ހިލަ ޖަހައި އެއްގަމު ތޮއްޓެއް ލެވި ބޭރު ތޮށީގައިވެސް ޖެޓީ އެއްލައި އެތާ ޑިންގީތައް އަޅާ ބޭނުންކުރެވޭގޮތަށް ހަދައިދީފައިވާ އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ އެ ރަށު ބަނދަރަކީ ކުރިން ރަށު އުޅަނދުފަހަރު އަޅާފައި ރަށުން ބޭރުން އަންނަ އެއްވެސް އުޅަނދަކަށް ކައިރިކޮށްލާނެ ޖާގައެއްވެސް ނޯންނަވަރުގެ ކުޑަ ބަނދަރެއްކަމަށާއި ނަމަވެސް މިހާރު ބޮޑުކުރުމުން ކުރިއަށްވުރެ ތިން ގުނަ ބަނދަރުގައި ހުންނާނެ ކަމަށެވެ. އެހެންކުމުން މިހާރު ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ފިރާގު ވިދާޅުވީ އަތޮޅުތެރޭގެ ތަރައްގީއަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ކަމަށެވެ.

2300 މީހުން ދިރިއުޅޭ ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓުން ކޮމްޕަނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެންނެވެ. އެ ކުންފުނިން މި މަސައްކަތް މި އެޕްރީލްމަހު 1 ވަނަ ދުވަހު ނިންމާލާފައިވާއިރު މިއީ 65.15 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މި މަޝްރއުގެ ދަށުން، 870,19 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 525,6 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 310މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 704 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 583,2 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

ކައުންސިލްގެ އިލްތިމާސްއަކީ ސަރުކާރުން ބޮޑެތި ހަރަދުކޮށްގެން ރަށްރަށުގައި ހިންގާ މިފަދަ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފައިދާ ލިބޭނެ އަދި ދިގުމުއްދަތަކަށް ބޭނުން ހިފޭނެ ގޮތަށް އެތަން ބޭނުންކުރާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355