twitterviber whatsapp telegramfacebookyoutube instagram
7th April 2025

ބަޖެޓްގައި ޖަހާފައިވެސް ބަނދަރުގެ މަސައްކަތް ނުފެށުނު، އެކަން ކޮށްދޭން ކައުންސިލުން ތަކުރާރުކޮށް އެދެނީ

އަބްދުލް ވާހިދު ޙަސަން
Apr 6, 2025

މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަ އުޅަނދުތައް އަންނަ، ކުޅުދުއްފުށީ އުތުރު ބަނދަރު ތަރައްގީކުރަން ބަޖެޓްގައި ޖަހާފައިވެސް އެ މަސައްކަތް ފެށިފައިނުވާތީ އެމަޝްރޫއު ހިންގައި ދިނުމަށް ސަރުކާރުގެ ގުޅުން ހުރި މޭޔަރު އިދާރާތަކުގައި ތަކުރާރުކޮށް އެދެމުންދާކަމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އުތުރު ބަނދަރުގެ ވާޓަރާއި ޕޭވްމެންޓް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެހެންވުމުން އެކަމުގެ ކަންބޮޑުވުންފާޅުކޮށް އާންމު ރައްޔިތަކުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަށް ދެއްވި ޖަވާބުގައި މޭޔަރު އާތިފް ވިދާޅުވީ، އެ ބަނދަރުގެ ޖެޓީގައި ޖަހާފައިހުރި އެލް ބޮލްކްތަކުގެ ދޭތެރެއިން ވެލި ފައިބާ ބަނދަރުގެ ޕޭވްމަންޓް ގަނބާ މައްސަލަ ހައްލުކުރުމާއި ބަނދަރު ފުންކުރުމާއި މަސް އޮޑިފަހަރު އަޅާ ސަރަހައްދުގެ ބޯސާ ޖަހައި ތަރުތީބުކުރުމާއި ބޭރުތޮށިން ބޭރު ހިއްކާ އެތަނުގައި މުދާ އަރުވާ ބޭލުމަށް ހެވީ ވެހިކަލް އޮޕަރޭޓްކުރެވޭ ފެންވަރަށް ޖެޓީއެއް ހެދުމަށް ބޭނުންވާތީ އެމަޝްރޫއު ދައުލަތުގެ ބަޖެޓްގައި ހިމަނައިދިނުމަށް ކައުންސިލް އެދުނު ކަމަށެވެ.

"ކައުންސިލްގެ ބަޖެޓުން ކުރެވޭވަރުގެ ހޭދައަކަށް ނުވާތީ ދައުލަތުގެ ބަޖެޓުގަ އެ މަސައްކަތް ހިމަނައިދިނުމަށް ކައުންސިލުން އެދިގެން 2024 ވަނަ އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓްގައި“ ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ހިއްކުމާއި ލޯކަލް ކޮމާސިއަލް ހާބަރ ތަރައްޤީކުރުން” ހިމާނާފައިވާނެ. އެހެންނަމަވެސް 2024 ވަނަ އަހަރު ބަޖެޓްގައި ޖަހާފައިވާ އެއްވެސް މަޝްރޫއުއެއް ނުފެށި އަހަރު ނިމުނީ. ބަޖެޓްގައި ވަކި ރަށްރަށަށް ހިމަނާފައިވާ އެއްވެސް ޕްރޮޖެކްޓެއް އެނގޭގޮތަކަށްނޫން 2025 ގެ ބަޖެޓް ފާސްކޮށްފައިވަނީކީ، އެހެންނަމަވެސް ތަކުރާރުކޮށް ސަރުކާރުގެ ގުޅުން ހުރި ވުޒާރާއަށް މިކަން ކޮށްދިނުމަށް އެދެމުން މިދަނީ، އަދި ކައުންސިލްގެ ފަރާތުން މިކަމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމުގެ ޔަޤީންކަންދެން. " މޭޔަރު ވިދާޅުވި އެވެ.

އަދި ކައުންސިލުން އެދުނު ގޮތަށް 2024 ވަނަ އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓްގައި ' ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ހިއްކުމާއި ލޯކަލް ކޮމާޝިއަލް ހާބަރ ތަރައްގީކުރުން' ހިމެނި ކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރު ބަޖެޓްގައި ޖެހި އެއްވެސް މަޝްރޫއެއް ނުފެނުކަން މޭޔަރު ފާހަގަކުރެއްވި އެވެ. އޭގެ ފަހުން 2025 ވަނަ އަހަރު ބަޖެޓް ފާސްކޮށްފައިވަނީ ވަކި ރަށްރަށަށް ހިމަނާފައިވާ އެއްވެސް މަޝްރޫއެއް އެނގޭގޮތަކަށް ނޫން ނެވެ.

މޭޔަރު ވިދާޅުވީ، އެހެންނަމަވެސް ސަރުކާރުގެ ގުޅުން ހުރި އިދާރާތަކުގައި މިމަޝްރޫއު ހިންގައިދިނުމަށް ތަކުރާރުކޮށް ކައުންސިލުން އެދެމެންދާ ކަމަށާއި ކައުންސިލްގެ ފަރާތުން މިކަމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމުގެ ޔަގީންކަން މޭޔަރު އާތިފް ދެއްވި އެވެ.

ކައުންސިލް މެންބަރު އިބުރާހިމް އަހުމަދު މި ޕޯސްޓަށް ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ، އުތުރު ބަނދަރު މައްސަލަ ހައްލުކުރުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެތަކެއް ފަހަރު އެދެވުނު ކަމަށާއި އެހެންނަމަވެސް ހައްލެއް ލިބިފައިނުވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

މިއަހަރުގެ ފެބުރުއަރީމަހު ހައުންސިންގ މިނިސްޓަރު މުއްތަލިބް ކުޅުދުއްފުށީގައި ކުރި ޓްރާންސިޓްގައި ދެ ބަނދަރުގެ ހާލަތު ބެއްލެވި ކަމަށާއި އަދި ހައްލުކުރަން ހުރި ކަންކަން މިނިސްޓަރުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މިކަމުގެ އެސެސްމަންޓް ހެދުމަށް އެޕްރީލްމަސް ތެރޭގައި މިނިސްޓްރީގެ ޓީމެއް އަންނާނެކަމަށް ދަންނަވާފައިވާކަމުގައިވެސް އިބުރާހިމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355