twitterviber whatsapp telegramfacebookyoutube instagram
29th March 2024

އާ ބަނދަރުގައި ހުރި މައްސަލަތައް ހައްލުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Mar 14, 2023
1

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގެ ޖެޓީ ބޮޑުކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

އާދިއްތަދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން ބަނދަރުގައި ގާއިމްކޮށްފައިވާ ލަކުޑި 7 ޖެޓީއެއް އިތުރު 4 މީޓަރަށް ދިގުކުރުމާއި، ޖެޓީތައް ދެމެދު ލަކުޑި ޕްލެޓްފޯމް ގާއިމްކުރުމާއި، ސެޕަރޭޝަން ވޯލްގެ ބައެއް ވަރުގަދަކުރުމާއި މިހާރު ގާއިމްކޮށްފައިވާ ފްލޯޓިންގ ޕްލެޓްފޯމްތަކުގެ ޕައިލްތައް 75.0 މީޓަރަށް ދިގުކުރުން ހިމެނެ އެވެ.

މި މަޝްރޫއަކީ 10.12 މިލިއަން ރުފިޔާއަށް 250 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާ ހަވާލުކުރި މަޝްރޫއެކެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މިބަނދަރަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް( އޭޑީބީ) ގެ ހިލޭގެ އެހީގެ ދަށުން، 126 މިލިއަން ރުފިޔާއަށް ތަރައްގީކުރި މަޝްރޫއެކެވެ. މި ބަނދަރުގެ އަމަލީ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގަ އެވެ. މަސައްކަތް ފެށިއިރުވެސް ބަނދަރުގައި ގިނަ މައްސަލަތަކެއް ހުއްޓެވެ. އެކަން އޭރުގެ ކައުންސިލުންވެސް ސަރުކާރާ ދިޔައީ ހިއްސާކުރަމުންނެވެ.

އެހެންނަމަވެސް ސަރުކާރުން އޭރު މާބޮޑު ސަމާލުކަމެއްދީފައެއް ނުވެ އެވެ. ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ބަނދަރު ނިންމާލިއިރު މި މަޝްރޫއަށް ވަނީ 137.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ނަމަވެސް ގިނަ މައްސަލަތަކެއް ހުރުމުން ކުރީގެ ކައުންސިލުންވެސް އަދި އޭގެ ފަހުން އިންތިހާބުވި ސިޓީ ކައުންސިލުންވެސް ބަނދަރާ ހަވާލުވުމަށް ދެކޮޅު ހެދި އެވެ. އެންމެފަހުން ސިޓީ ކައުންސިލުން ބަނދަރާ ހަވާލުވެފައިވަނީ އެތަނުގައިވާ މައްސަލަތައް ސަރުކާރުން ހައްލުކޮށްދޭނެކަމުގެ ޔަގީންކަން ލިޔުމުން ދިނުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355