twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބަނދަރުގައި ހުރި މައްސަލަތައް ދިޔައީ ހިއްސާކުރަމުން، އެކަމަށް މިނިސްޓްރީން ޖަވާބެއް ނުދެއްވާ!

ޚަދީޖާ އާދަމް
Dec 21, 2020
6

ކުޅުދުއްފުށީ އަލަށް ހެދި ބަނދަރުގައި ބޮޑެތި މައްސަލަތަކެއް ހުރި އިރު އެ މައްސަލަތައް ގެންދިޔައީ ބަނދަރުގެ ހަދަން ފެށުނު ހިސާބުން އަދި މަޝްރޫއު ފެށުމުގެ ކުރިންވެސް މިނިސްޓްރީއާ ހިއްސާ ކުރަމުން ކަމަށާއި ނަމަވެސް އެންމެ ބޮޑު ދެ މައްސަލައަށް މިހާތަނަށްވެސް މިނިސްޓްރީން އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް ކުޅުުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ބަނދަރަކީ އެޑީބީގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ބަނދަރު ނިންމާލިއިރު މި މަޝްރޫއަށް ވަނީ 137.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މަސަައްކަތް ނިންމާލި އިރުވެސް، އިރުން ހުޅަނގަށް އަޅާފައިވާ ޖެޓީ ވަނީ އެކި ހިސާބުތަކުން ގަނބައިގެން ގޮސްފައެވެ. އަދި މިހާރުވެސް ބަނދަރުތެރެއަށް ވެލި އަރާ ތިލަވުމުގެ މައްސަލަ ވަނީ ދިމާވާން ފަށާފައެވެ.

ލަތީފް ވިދާޅުވީ ބަނދަރުތެރެއަށް އޮއި ދަތުރުކުުރުމަށް ހަދާފައިވާ ގޮޅިތަކުން އާދަޔާ ހިލާފަށް ވެލި ވަންނަމުން ދާ ކަމަށާއި ބަނދަރު ތިލަވަމުންދާނަމަ އުޅަނދު ފަހަރަށް އެތަން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ނުކުރާ ކަމަށް ވާނަމަ ދެތިން މަހެއްގެ ތެރޭގައި ބަނދަރު ތިލަވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޖެޓީގެ ކޮންކްރީޓުން އެކި ހިސާބު ގަބާފައިވާއިރު ކުރިއަށް އޮތްތަނުގައި އެތަން ވަރަށް އަވަހަށް ވެއްޓިގެންދާނެ ކަމަށާއި އެހެން ވެއްޖެނަމަ ފްލޯޓިން ޖެޓީއަށްވެސް ލޯންޗުތަކަށް ކައިރި ނުކުރެވޭނެކަންވެސް ލަތީފް ފާހަގަ ކުރެއްވި އެވެ.

"މި ބަނދަރު ހަދަން ފެށުނު ހިސާބުން ފެށިގެން، ބަނދަރު ހަދަން ފެށުމުގެ ކުރިންވެސް ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި. ރައްޔިތުން އެންމެ ބޭނުންވާ ގޮތަކަށް ނޫން ބަނދަރުގެ މަަސައްކަތް ޑިޒައިން ފައިނަލް ވެގެން ދިޔައީކީ. ބަނދަރުގެ މަސައްކަތް ފެށުނު ހިސާބުން ފެށިގެން ކޮންސަލްޓޭޑުން މިކޮޅަށް އަންނަ ކޮންމެފަހަރަކު ދިޔައީ ބަނދަރުގެ ހުރި މައްސަލަަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރެވެމުން." ލަތީފް ވިދާޅުވި އެވެ.

ބަނދަރު ތިލަވުމާއި ޖެޓީއަށް ދިމާވެފައިވާ މައްސަލަތައް ބޮޑު މައްސަލައެއް ގޮތަށް މިިނިސްޓްރީއަށާއި ކުޅުދުއްފުށީ ދެ ދާއިރާގެ އެމްޕީންނާވެސް ހިއްސާކޮށްފައިވާނެ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް މިނިސްޓްރީން އެކަމަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް ލަތީފް ވިދާޅުވި އެވެ.

"މި މަޝްރޫއަކީ ބޭރުގެ އެހީގައި ހަދާ މަޝްރޫއަކަށް ވާތީ، ކުރާ މަސައްކަތަކަށް ވާތީ ވީމަ މި މަސައްކަތް ނިމުނީމަ ބައެއް މިސާލަކަށް ނެރު ބަދަލު ކުރުން ފަދަ ބޮޑެތި ކަންތައްތައް ކުރެވޭނީ ބަނދަރު ނިމުނީމަކަމަށް މިނިސްޓްރީން ވިދާޅުވި. އަޅުގަނޑުމެނަށް މިހާރު އެނގިގެން އެބަދޭ ބަނދަރުގެ ޑިޒައިންގެ ސަބަބުން އަޅުގަނޑުމެންނަށް ހަމަ ބަނދަރު ބޭނުމެއް ނުކުރެވޭނެ މިހާރު. އެއް ސަބަބަކީ އާދަޔާ ހިލާފަށް ވެލިވަނުން. އޮއި ދަތުރު ކުރަން އިންނަ ގޮޅިތަކުން ވެލި ވަންނަމުން އެބަދޭ. އެ މައްސަލަ ހައްލުނުކުރާ ކަމަށް ވާނަމަ ދެތިން މަހެއްގެ ތެރޭގައި ބަނދަރު ތިލަވުމުގެ ފުރުސަތު އެބައޮތް. ޖެޓީ ގޮތަށް އިންބައި ކޮންކްރީޓުން މިހާރު ވަނީ ތިން ހަތަރު އިންޗިވަރަށް ގަނބާފަ. އެހެންވީމަ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި 4 އިންޗި ގަނބާފަ އިންކަމަށް ވަންޏާމުން ކުރިއަށް އޮތްތަނުގައި އެތަން ވަރަށް އަވަހަށް ވެއްޓިގެން ގޮސްދާނެ." ލަތީފް ވިދާޅުވި އެވެ.

މި ކަންކަން ލިޔެކިޔުމުންވެސް ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް ރަށުގައި ހިނގާ އެއްވެސް ޕްރޮޖެކްޓަކީ ކައުންސިލަރުން ނުވަތަ އެމްޕީން ބޭނުންވާ ކޮންމެ ގޮތަކަށް ހިންގެން އޮންނަ ޕްރޮޖެކްޓެއް ނޫން ކަމަށާއި މިނިސްޓްރީން ކޮންޓްރެކްޓަރާއި މަޝްރޫއު ހަވާލު ކުރުމަށްފަހު އެ މަޝްރޫއަކަށް ބަދަލު ގެންނަނީ މިނިސްޓްރީގެ ހުއްދަ ލިބިގެން އެކަަމަށް އިތުރު ފަންޑު ލިބޭނަމަ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

ނަމަވެސް މަޝްރޫއެއް ހިނގަމުންދާއިރު ކައުންސިލްގެ ދައުރަކަށް އޮންނަނީ ކަންބޮޑުވުންތައް މިނިސްޓްރީއާއި ނުވަތަ އެ ކުންފުންޏާއި ހިއްސާކުރުން ކަމަށާއި އެގޮތުން ބަނދަރުގެ ކަންބޮޑުވުންތައް މިނިސްޓްރީއާއި ހިއްސާކުރަމުން ގެންދިޔަކަން ލަތީފް ފާހަގަ ކުރެއްވި އެވެ.

"ރަށުގައި ހިނގާ އެއްވެސް ޕްރޮޖެކްޓަކީ ކައުންސިލަރުން ނުވަތަ އެމްޕީން ބޭނުންވާ ކޮންމެ ގޮތަކަށް ހިންގެން އޮންނަ ޕްރޮޖެކްޓެއް ނޫން. މިނިސްޓްރީން ހަވާލުކުރާ މަޝްރޫއުތައް އެއީ ހަމައެކަނި ކުޅުދުއްފުއްޓަކަށް ނޫން މާލެއަށް ބަލާލިއަސް އެކަން އޮންނަނީ އެހެން. ކައުންސިލަރުން ބެނުންވާ ގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ހިންގޭކަށެއް ނޯވޭ. ސަރުކާރަކުން މިނިސްޓްރީއަކުން ޕްރޮޖެކްޓުތައް މި ހަވާލުކުރަނީ. ހަވާލު ކުރީމަ ޕްރޮޖެކްޓު ހަވާލުކުރަން އެ ނިންމާ ގޮތަކަށް ކޮންޓްރެކްޓަރު އެ މަސައްކަތް ކުރާނީ." ލަތީފް ވިދާޅުވި އެވެ.

ބަނދަރު ހަދަމުން ދިޔަ އިރު ބައެއް ކަންކަން ހައްލުކޮށްދީފައިވާކަންވެސް ލަތީފް ފާހަގަ ކުރެއްވި އެވެ. އެގޮތުން ފްލޯޓިން ޖެޓީއާއި ބޮޑެތި ބޯޓުފަހަރު އަޅާ ހައްޔަރުކުރުމަށް ކޮންކްރީޓު ބްލޮކްސްތަކެއް އަޑީގައި ވަޅުލުން ހިމެނެއެވެ. އެ ދެ ކަންތައް ނިމިފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން އޭޑީބީގެ ކޮންޓްރެކްޓުގައި ބުނެފައިވާގޮތަށް ބަނދަރު ކޮމެޓީއެއްވެސް އެކުލަވާލާފައިވާ ކަމަށާއި ކޮވިޑާ ގުޅިގެން މި ވަގުތު ކޮމެޓީގެ ބައްދަލުވުންތައް ހުއްޓިފައި އޮތްނަމަވެސް މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގެ އެބޭފުޅުންވެސް ބަނދަރުގެ ކަންކަމާއި މަޝްވަރާކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

އޭޑީބިގެ އެހީގެ ދަށުން ގެންދާ ޕްރޮޖެކްޓުތަކުގައި ކޮމެޓީއެއް އެކުލަވާލަން ޖެހޭކަމަށް ކޮންޓްރެކްޓުގައި ބުނެފައި ވެެއެވެ. އެގޮތުން ބަނދަރު ކޮމެޓީގައި އޭޑީބީ އެދިފައިވާގޮތަށް ރަށުތެރެއިން ދެ އަންހެން ބޭފުޅުންނާއި، ކައުންސިލްގެ ބޭފުޅަކު އަދި މިނިސްޓްރީގެ ބޭފުޅަކާއިއެކު ވަނީ ކޮމިޓީ އެކުލަވާލާފަ އެވެ.

މި މަޝްރޫއުގެ ދަށުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ވަނީ ހިއްކާފަ އެވެ. އަދި 1000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތާއި އެއްގަމު ތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް ގައު އެތުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355