twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކައުންސިލް ބަދަލުވާއިރު އާ ކައުންސިލަށް ފުރިހަމައަށް އެހީތެރިކަންފޯރުކޮށްދޭނަން: ލަތީފް

އަބްދުލް ވާހިދު ޙަސަން
Feb 11, 2021
3

އަލަށް އިންތިހާބުވާ ކައުންސިލް ބަދަލުވާ ހާލަތުގައި އެ ކައުންސިލަށް ފުރިހަމައަށް އެހީތެރިކަންފޯރުކޮށްދޭނެކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ކައުންސިލްގައި ބުދަދުވަހު ކުރިއަށްގެންދިޔަ އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، އެ ބޭފުޅުން ކައުންސިލަށް އިންތިހާބުވުމަށްފަހު، ކުރިއަށްގެންދިޔަ އޮރިއެންޓޭޝަން ބައްދަލުވުންތަކުގެ އެއްވެސް ބައްދަލުވުމެއްގައި އޭރުގެ ކައުންސިލްގެ ރައީސް ބައިވެރިވެލައްވާފައިނުވާ ކަމަށެވެ.

އޭރު އޮތް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވީ ދާދިފަހުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް، މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓްރަކްޗާރގެ ސީނީއަރ އެގްޒެކްޓިވް ޑިރެކްޓަރެއްގެ މަގާމަށް އައްޔަނުކުރެއްވި އަލީ މުހައްމަދެވެ.

ވަކި މީހެއްގެ ނަން ހާމަނުކޮށް ލަތީފް ވިދާޅުވީ، އޭރު ކަން ހިނގައިދިޔަ ގޮތް ސާފުކޮށް ބޭއްވި ބައްދަލުވުންތަކުގައި އެއްވެސް ވަރަކަށް އޭރުގެ ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިނުގަންނެވި ކަމަށެވެ. ނަމަވެސް އަލަށް އިންތިހާބުވާ ކައުންސިލަށް މިހާރުގެ ކައުންސިލުން ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް އެކުރަން ޖެހުނު ތަޖުރިބާ ކުރިމަތިވިޔަ ނުދިނުމަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ. އެހެންވީމަ އެޔާއެކުގައި ފާހަގަކޮށްލަން ބޭނުންވަނީ، އެއް ކައުންސިލް އަނެއް ކައުންސިލް ބަދަލުވުމުގައި ދޭން ޖެހޭ ސަޕޯޓް ދޭނަން." ލަތީފް ވިދާޅުވި އެވެ.

އެގޮތުން މިހާރު ކައުންސިލުން ކުރަމުންދާ ހަރަދުތަކާއި އެހެނިހެން މުހިންމު މައުލޫމާތުތައް އާ ކައުންސިލާ ހިއްސާކޮށް، ކައުންސިލް މެމްބަރުންނާ އިދާރީ ޓީމްވެސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355