twitterviber whatsapp telegramfacebookyoutube instagram
29th April 2026

އުސޫލާ ހިލާފަށް ކުޅުދުއްފުއްޓަށް އެރި ފުލުހަކު ކަރަންޓީންކޮށްފި

ޚަދީޖާ އާދަމް
Apr 28, 2021
3

ރަށްރަށަށް ދަތުރު ކުރުމުގެ އުސޫލާ ހިލާފަށް ހެލްތް މިނިސްޓްރީގެ ޕޯޓަލްގައި ރަޖިސްޓްރީނުވެ، ކައުންސިލްގެ ހުއްދަ ނުނަގާ ކުޅުދުއްފުއްޓަށް އެރި ފުލުހަކު ކަރަންޓީންކޮށްފި އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީންނުވެ ރަށްރަށައް ދެވޭނެ އުސޫލު މިހާރު ހަމަޖެހިފައިވީ ނަމަވެސް އެފަދަ ފަރާތްތަކުންވެސް ރަށްރަށަށް ދަތުރުކުރާއިރު ހާލުބެލުން ޕޯޓަލް މެދުވެރިކޮށް އެ ރަށެއްގެ ކައުންސިލްގެ ހުއްދަ ނަގަން ޖެހެއެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ވިދާޅުވި ރަށަށް އަންނަ ފަރާތްތައް ރިސީވްކުރަން ކޮންމެ ދުވަހަކުވެސް ކައުންސިލްގެ މުވައްޒަފުން އެއާޕޯޓަށް ދާނެކަމަށާއި އެގޮތުގެ މަތިން އިއްޔެ ކުޅުދުއްފުށީ އެއާޕޯޓުން މީހަކު ހިފަހައްޓައި ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

އެމީހާއަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ފުލުހެއް ކަމަށް ލަތީފް ވިދާޅުވިއެވެ. އެފަދަ ފަރާތްތައް ޖޫރިމަނާ ކުރަނީ ފުލުހުންނާއި އެޗްޕީއޭއިން ކަމުން އެމީހާ ސީދާ ޖޫރިމަނާ ކުރިކަމެއް ނޭނގޭކަމަށާއި ފުލުހެއް ނަމަވެސް އެއީ އުސޫލާ ހިލާފަށް އައި ފަރާތެއްނަމަ ޖޫރިމަނާ ކުރާން ޖެހޭނެކަމަށާއި، އެކަމަށް ފިޔަވަޅު އަޅާނެކަމަށް އުންމީދުކުރާކަމަށް ލަތީފް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355