twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މުޅިން އަލަށް ހަމުގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ދޭންފަށައިފި

May 19, 2011

މުހައްމަދު އިސްމާއިލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މުޅިން އަލަށް ހަމުގެ ހާއްސަ ޑޮކްޓަރެއް ހިދުމަތް ދޭންފަށައިފިއެވެ.

އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަންގެ ދަށަށް މީގެ ދެމަހެއްހައި ދުވަސްކުރިން ބަދަލުވި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް އިއްޔެގެ ވަގުތެއްގައި ގެނެސް މިއަދު ވަނީ ޚިދުމަތް ދޭންފަށާފައެވެ. މިގޮތުން ހަމުގެ އާއްމު ބަލިތައް ކަމުގައިވާ ބިހިނެގުން، ކަސްއެޅުން، ހަންފޮޅުން، ހުދުބަލި، ދޫމި، ފެތުރި، އުކުނު އެޅުން، ހަމުގައި ލައްޖެހުން، އަދި އެލާޖިކް ވުމާއި ގުޅިގެން ބިހި ނެގުމާއި ފިތްނެގުން ފަދަ ބަލިތަކަށް ހަމުގެ ޑޮކްޓަރަށް ފަރުވާ ދެވޭނެކަމުގައި ހެލްތު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރ އަދި ހޮސްޕިޓަލްގެ މެނޭޖަރ ޝީޒާ އިބްރާހިމް މައުލޫމާތު ދެއްވިއެވެ.

ހަމުގެ ބަލިތައް އިންވެސްޓިގޭޓް ކުރުމަށް ބޭނުންވާ ބައެއް ހާއްސަ އިކުއިޕްމަންޓް ވަރަށް އަވަހަށް ހޮސްޕިޓަލަށް ގެނެވޭނެ ކަމަށާއި އަމާޒަކީ މުސްތަގްބަލްގައި ކޮސްމޮޓޮލޮޖީއާއި ދިމާއަށް ދަތުރު ކުރުން ކަމުގައިވެސް ހޮސްޕިޓަލް މެނޭޖަރ މައުލޫމާތު ދެއްވިއެވެ.

ރާއްޖެއަކީ ހޫނުގަދަ ގައުމަކަށް ވެފައި ހަމުގެ ބަލިތަކަކީ ވަރަށް އާއްމު ބަލިތަކަށް ވާތީ ހަމުގެ ހާއްސަ ޑޮކްޓަރެއް ލިބުމަކީ ރައްޔިތުން އަބަދުވެސް ބޭނުންވެފައި ތިބިކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355