twitterviber whatsapp telegramfacebookyoutube instagram
14th October 2025

އެޗްޕީއޭގެ ގައިޑްލައިނާ ހެދި ބަހައްޓާ ފޮށިތަކުގައި އަދަދު އިތުރުވެއްޖެ

ޚަދީޖާ އާދަމް
Mar 14, 2021

އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިހާބު ބާއްވާތީ ވޯޓުފޮށި ބަހައްޓަން ޖެހޭ އަަދަދުވެސް އިތުރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ ކުރިން އިންތިހާބުގައި ބަހައްޓަން ނިންމީ 532 ވޯޓް ފޮށިކަމަށާއި ނަމަވެސް މިހާރު އެ އަދަދު 735 ވޯޓު ފޮއްޓަށް އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވާތީ ގިނަ އަދަދެއްގެ އޮފިޝަލުން ބޭނުންވާނެކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އެގޮތުން އަތޮޅުތަކުގެ ވޯޓްލާ މަރުކަޒުތަކުގައި ހަރަކަތްތެރިވާ އޮފިޝަލުންގެ %80 މީހުން ހަމަވެފައިވާކަމަށާއި އަދި މާލޭގައި ގާއިމްކުރާ ވޯޓްލާ މަރުކަޒުތަކަށް ބޭނުންވާ އޮފިޝަލުންގެ %60 ހަމަވެފައިވާކަމަށްވެސް އީސީން މައުލޫމާތު ދެއެވެ. މި އިންތިހާބުގައި 8000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިހާބު ފެށުމުގެ ކުރިން އޮފިޝަލުން ހަމާވާނެކަމަށެވެ. އިންތިހާބަށް ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށާއި މިނިވަން މުއައްސަސާތަކާއި ސިވިލް ސާރވިސް ކޮމިޝަނާއި ސްކޫލްތަކުގައި ދަންނަވާފައިވާކަމަށެވެ.

އިންތިހާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށްވެސް އެޗްޕީއޭގެ ގައިޑްލައިންގައި ބަޔާންކުރާތީ އީސީން ވަނީ އެގޮތަށް އިންތިޒާމްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355