twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކޭއާރުއެޗުގެ ދެ އަހަރުގެ ކާމިޔާބު: އަހުމަދު، ފަށްޗަކަށް އަމުނާލައިފި

އަބްދުލް ވާހިދު ޙަސަން
Mar 16, 2021
5

ފާއިތުވި ދެ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް، ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވެ، ދެ އަހަރުގެ ކުރިއެރުންތައް "ފަށްޗަކަށް އަމުނާލަދެއްވައިފި" އެވެ.

39 އަހަރު ފާހަގަކުރަމުންދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެމްއާރުއައި ސްކޭނިންގެ ހިދުމަތް ފެށުމަށް އިއްޔެ ބޭއްވި ތާރީހީ ޖަލްސާގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، ކޮވިޑްގެ ދަތިކަމާއެކުވެސް އެ ހޮސްޕިޓަލުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އެކަމަށްޓަކާ ސަރުކާރަށާއި ކުޅުދުއްފުށީ ދެ ދާއިރާގެ މަޖިލިސް މެމްބަރުންނަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

އެ ޖަލްސާގައި އަހުމަދު ވަނީ އެ ހޮސްޕިޓަލަށް ފާއިތުވެ ދިޔަ ދެ އަހަރު ލިބުނު ކުރިއެރުންތަކާއި ކުރިއަށް ރޭވިފައިހުރި ކަންތައްތައް ވިދާޅުވެދެއްވާފަ އެވެ. އެގޮތުން ވަރަށް ފަރިތަކަމާއެކު ހުއްޓުމެއް ނުގެނެސް އޭނާ ވަނީ އެ ކަންކަން " ފައްޗަކަށް އަމުނާލަދެއްވާފަ" އެވެ.

"ފާއިތުވި ދެ އަހަރުގެ ތެރޭގައި ކޮވިޑްގެ ދަތިކަމާއެކީގައިވެސް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެއްވިއްޖެ. ސީޓީ ހިދުމަތް ތައާރަފުކުރެވި އެ ހިދުމަތް 1000 އަށްވުރެގިނަ ރައްޔިތުންނަށް ފޯރުކޮށްދެވިއްޖެ. މިއަދު އެމްއާރުއައިގެ ހިދުމަތް ތައާރަފުކުރެވިއްޖެ." ޒުވާން މެނޭޖަރ ވިދާޅުވި އެވެ.

އެގޮތުން އޭނާ ވިދާޅުވީ ސްޕީޗް ތެރެޕީ އާއީ ޕީސީއާރު ލެބް ގާއިމުކުރެވި ވެކްސިންވެސް ޖަހަން ފެށިފައިވާ ކަމަށާއި ދެ ވާރޑެއްގެ ބެޑް ސައިޑް ކާރޓަން ޖަހާއި ދެ ވާރޑެއްގެ ފްރެޝްއެއާރ ސިސްޓަމްވެސް ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި ސީއެސްއެސްޑީ ރޫމާއި ލޭބަރ ރޫމްގެ ހިދުމަތް ވަނީ ތައާރަފްކުރެވިފައިވާކަންވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޒަމާނުންސުރެ އެ ހޮސްޕިޓަލަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށްވެސް ފާއިތުވި ދެ އަހަރު ބޮޑު ކުރިއެރުންތަކެއް ލިބިފައިވެ އެވެ. އެގޮތުން 100 އަށްވުރެގިނަ ވަޒީފާގެ ފުރުސަތު އިތުރުވެގެންގޮސް، ގިނަ ހިދުމަތްތަކެއް ތައާރަފު ކުރެވިފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ ބަޔަކު ކަމެއް ކުރަން އުޅެއްޖެއްޔާ ކަމެއް ވާނެކަން". އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ވަކި ގަވަރނިންގ ބޯޑެއްގެ އުފައްދާ އޭގެ ދަށުން ހޮސްޕިޓާ ހިންގަން ފެށުމާއެކު ތާށިވެފައި ހުރި ވަރަށް ގިނަ ކަންތައްތަކެއް ފެށިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ތާށިވެފައި ހުރި ކުދިކުދި ވަރަށް ގިނަ ކަންކަން ފުރިހަމަވެގެން ގޮސްފައިވާ ކަމަށެވެ.

"ގިނަ މަރާމާތުކަތެއް ކުރެއްވިއްޖެ، އެންއައިސީޔޫ އާއި އެހެނިހެން ޑިޕާޓްމަންޓްތަކާއި އައިސީޔޫ އާއި އެހެނިހެން ޑިޕާޓްމަންޓްތަކަށް ބޭނުންވާ ގިނަ އާލާތްތަކެއް ވަނީ ހޯދިފަ. ކޭއާރުއެޗުގެ ބޮޑު މަރާމާތެއް ވަނީ ކުރެވިގެންގޮސްފަ." އަހުމަދު ވިދާޅުވި އެވެ.

މިސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިއާ ބަދަލާއެކީގައި އައި އެންމެ ބޮޑު ފަސޭހައަކީ މެޑިކަލް ކޮންޒިއުބަލްސް ހޯދުމުގައި ދިމާވާ މައްސަލަ ކަމަށެވެ. އަހުމަދު ވިދާޅުވީ، މެޑިކަލް ކޮންޒިއުބަލްސް ހޯދުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، އެސްޓީއޯއާ ދެމެދު ސީދާ ވާހަކަތައް ދެކެވެން ފެށިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ހައްލު ނުހޯދި ހުރިކަންކަމުގައި ސީދާ ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯއާ ވާހަކަދެކެވެން ފެށިފައިވާ ކަމަށާއި މިއީ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ލިބިގެންދިޔަ ބާރުވެރިކަމުން ލިބިގެން ދިޔަ ބޮޑެތި ފަސޭހަތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ. . އަދި އޮކްސިޖަން ޕްލާންޓެއްވެސް ގާއިމުކުރެވިގެންގޮސްފައިވާ ކަމަށެވެ.

އަހުމަދު ވަނީ ކުރިއަށް ރޭވިފައި ހުރި ކަންކަންވެސް މި ޖަލްސާގައި ހިއްސާކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި މޯބައިލް ކިޔު ސިސްޓަމެއް ގާއިމުކުރެވިގެންދާނެ ކަމަށާއި އަދި ޒަމާނީ ފެންވަރުގެ ލޯންޑަރީއެއްވެސް ގާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އެޕޮއިންޓްމެންޓް ހޯދުމަށާއި ކައުންޓަރު ފޯނުގެ މައްސަލަ ހައްލުކުރުމަށް ކޯލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަންވެސް އަހުމަދު އިއުލާނުކުރެއްވި އެވެ.

"ޖާގައިގެ ގޮތުން ވަރަށް ދަތިތަކެއް. އެމައްސަލަ އަށް ހައްލު ހޯދުމަށްޓަކާ 30 އެނދުގެ ވާރޑްގެ އިމާރާތެއް އެޅެމުން. 6 އެނދުގެ އައިސީޔޫއެއް އިތުރު ކުރުމުގެ ހުއްދަވެސް ލިބި އެ މަސައްކަތްވެސް އެދަނީ ހަމަ ބާރަށް ކުރިއަށް. ކުރިއަށްއޮތަނުގައި އޯޕީޑީ ކޮންސަލްޓޭޝަން ބުލޮކެއް ހެދުމާއި އީއާރެއް ހެދުމާއި ޕްރައިވެޓް ރޫމް ބުލޮކެއް ހެދުމަށް ޕްލޭން ކުރެވި އެކަންކަން ހައްލުކުރުމަށް ކައިރި މުސްތަގުބަލެއްގައި ކުރާނަން." އަހުމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355