twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ނިމްސްއިން ކޭއާރުއެޗް ދޫކޮށްލިއިރު ކުޅުދުއްފުށީގެ ސަޕްލަޔަރުންނަށް ނުދައްކާ 1.9 މިލިއަން ރުފިޔާގެ ބިލް އޮތް

- އޭރު ސެޓްލްމަންޓްގެ ގޮތުގައި ނިމްސްއަށް ދިވެހި ދައުލަތުން 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންއިރު، ފުރައިގެން ދިޔައިރު ކުޅުދުއްފުށީގެ ސަޕްލަޔަރުންނަށް 1.9 މިލިއަން ރުފިޔާގެ ބިލް ނުދައްކާ އޮތް.

ނަބީލާ އިސްމާޢީލް
Sep 28, 2023
1

ނިމްސްއިން ކުޅުދުއްފުށީ ހޮސްޕިޓާ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ދޫކޮށްލާފައިދިޔައިރު ކުޅުދުއްފުށީގެ ސަޕްލަޔަރުންނަށް 1.9 މިލިއަން ރުފިޔާގެ ބިލް ނުދައްކާ އޮތް ކަމަށް ކޭއާރުއެޗްގެ ސީއީއޯ އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވެއްޖެ އެވެ.

ޑޭވިޑް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ކުރީގެ ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ނިމްސް ކިޔާ ބޭރުގެ ބަޔަކާ ހަވާލުކޮށް ވަރަށް ދަށު ދަރަޖައަކަށް ވައްޓާލާފައި އޮތްކަން އަދި ހަނދާން ނުނެތޭކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކޭއާރުއެޗް ތަރައްގީކުރަން ހަވާލުރި ނިމްސް ހޮސްޕިޓާ ހިންގާ، އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓާއި ދިވެހި ބަޔަކާ ގުޅިގެން އުއްފަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަން (އެންއައިއައި) އެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލާއެކު އިތުރު 2 ރަށް ބޭރުގެ މި ކުންފުންޏަށް ހަވާލުކޮށް މުޅި އުތުރުގެ ސިއްހީ ނިޒާމު ފުނޑުފުނޑު ކޮށްލިކަމީ ހިތާމަ ހުރި ކަންކަން. އޭރު ސެޓްލްމަންޓްގެ ގޮތުގައި ނިމްސްއަށް ދިވެހި ދައުލަތުން 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންއިރު، ފުރައިގެން ދިޔައިރު ކުޅުދުއްފުށީގެ ސަޕްލަޔަރުންނަށް 1.9 މިލިއަން ރުފިޔާގެ ބިލް ނުދައްކާ އޮތް!" ޑޭވިޑްގެ ޓްވިޓްގައި ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވީ އެ ކުންފުނިން 12 އެނދުގެ ވޯޑެއް ބޭނުން ނުކުރެވޭ ވަރު ކޮށްފައި އޮތުމުން މިއީ ހއ، ހދ އަދި ށ އަތޮޅުގެ 72000 އާބާދީގެ ރައްޔިތުންނަށް ބަރޯސާވަމުން އަންނަ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދިނުމަށް ހުރީ އެންމެ 20 އެނދު ކަމަށާއި ކޮރިޑޯގަ އާއި އެއްކޮށް ބަލިމީހުން ބައިތިއްބަން ޖެހުނު ކަމަށެވެ.

"ﷲ ގެ އިރާދަފުޅާއެކު މިހާރު އެނދުމަތި ކޮށްގެން ފަރުވާ ދިނުމަށް 50 އެނދު ހުރޭ! އަދި ހުރިހާ އެނދެއްގައި ބެޑްސައިޑް ކާޓަން ޖެހި، ހުރިހާ ވޯޑެއް އޭސީ ކޮށްފައި ހުރުމުން ހިތްހަމަޖެހޭ މާހައުލެއްގައި ފަރުވާ ހޯދަން ތިބެވޭ، ސަރުކާރުން މިހާރު ކޮންޓްރެކްޓް ކޮށްފައިވާ އާ ހޮސްޕިޓަލު އެޅެންދެން ވެސް، ހަމަޖެހިލެވޭ ވަރަކަށް ވަސީލަތްތައް ސަރުކާރުން މި ވަނީ ޤާއިމުކޮށްދީފައި. ٱلْحَمْدُ لِلَّٰهِ" ޑޭވިޑްގެ ޓްވީޓްގައި ވިދާޅުވި އެވެ.

ނިމްސްއާހަވާލުކޮށްފައި އޮތް ދުވަސްވަރު ކޭއާރުއެޗް އެކޮށް ބޮއްސުންލައި މައްސަލަ ވަނީ ވަރަށް ގޯސްވެ، ދެ ކުންފުނީގެ ޑިރެކްޓަރުންގެ މެދުގައި ޖެހުނު މައްސަލައަކާ ހެދި ހޮސްޕިޓަލް ނުހިނގި ރައްޔިތުންގެ ޝަކުވާބޮޑުވުން ހޮސްޕިޓަލް ހިންގުމާ ވަނީ ސަރުކާރުން ހަވާލުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355