twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޑޭވިޑް ހުންނެވީ ރައީސް ސޯލިހު ފަޅީގައި

ނަބީލާ އިސްމާޢީލް
Jan 7, 2023
4

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހުމަދު ދާއޫދު، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމައިފި އެވެ.

އެކަން ހާމަކުރައްވާ ޑޭވިޑް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެންނާއި، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭ އިގްތިސާދަށް ބޮޑު ލޮޅުމެއް އެރިކަމަށެވެ. އަދި އެހާލަތްތައް މެދުވެރިކުރުވި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ރައީސް ސޯލިހު ގެންގުޅުއްވީ ހަރުދަނާ އިގްތިސާދީ ސިޔާތުތަކެއް ކަމަށް އޭނާ ވިދާޅުވެފަވެއެވެ.

އެހެންކަމުން އެހާލަތްތަކުން ލަހެއްނުވެ ގައުމު އަރައިގަތީ ރައީސް ސޯލިހު ހިކުމަތްތެރި އިގްތިސާދީ ސިޔާސަތުތަކުން ކަމަށް ވުމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑޭވިޑްގެ ތާއީދު އޮތީ ރައީސް ސޯލިހަށް ކަމަށްވަނީ ވިދާޅުވެފަވެއެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދުގެ އިތުރަށް ދެން ވާދަކުރައްވަނީ އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޑޭވިޑް ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކުރެއްވިއިރު ކުޅުދުއްފުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް އަދި ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރަން ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355