twitterviber whatsapp telegramfacebookyoutube instagram
28th April 2024

ސަރުކާރުގެ ފަހިކޮށްދިން ލާމަރުކަޒީ ސިއްހީ ސިޔާސަތު ކާމިޔާބު ކުރުމުގައި ކޭއާރުއެޗުގެ މުވައްޒަފުންގެ ހިއްސާ ބޮޑު

އަބްދުލް ވާހިދު ޙަސަން
Sep 29, 2023

ސަރުކާރުގެ ފަހިކޮށްދިން ލާމަރުކަޒީ ސިއްހީ ސިޔާސަތު ކާމިޔާބު ކުރުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ ހިއްސާ ބޮޑުކަމަށް ވިދާޅުވެ އެ މުވައްޒަފުންނަށް އެ ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާއޫދު (ޑޭވިޑް) ތައުރީފުކުރައްވާ ޝުކުރުއަދާކުރައްވައިފި އެވެ.

ރާއްޖޭތެރޭގައި ބޭއްވުނު ފުރަތަމަ ނަރސިންގ ކޮންފަރެންސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑޭވިޑް ވިދާޅުވީ، ސަރުކާރުން ފަހިކޮށްދިން ލާމަރުކަޒީ ސިއްހީ ހިދުމަތާއެކު އެކަން ކާމިޔާބުކުރުމަށް ހޮސްޕިޓަލްގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި އެވެ.

އަދި ވޭތުވެ ދިޔަ ކައިރި މުސްތަގަބަލުގައި މުވައްޒަފުން ބާރުވެރިކުރެވި، ސެލްފް ފަންކްޝަނިން ޓީމެއް އުފެއްދިފައިވުމަކީ ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެއްކަމުގައި ޑޭވިޑް ފާހަގަކުރެއްވި އެވެ.

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އޯގާތެރިކަން އިސްކޮށް، ކަސްޓަމަރ ސެންޓްރިކް ހޮލިސްޓިކް ފަރުވާއެއް ދިނުމަށް އިލްތިމާސްކުރެއްވި އެވެ.

ޑޭވިޑް ވަނީ މިދިޔަ ފަސް އަހަރުތެރޭގައި ކޭއާރުއެޗުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުންކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އަލަށް ގިނަ ހިދުމަތްތަކެއް އިތުރުކުރެވި، އިންފްރާސްޓްރަކްޗަރ ގާއިމުކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ އަދި މުވައްޒަފުން ބޮޑުތަކުން އިތުރުކުރެވި ތަފާތު ތެރެފިއުޓިކް ފަރުވާ ފެށިފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކޭއާރުއެޗު ހެލްތް މިނިސްޓްރީ ދަށުން ނަގައި އެ ހޮސްޕިޓާ ހިންގުމަށް ބޯޑެއް އެކުލަވާލި އެވެ. އަދި އެއާއެކު ހދ އަތޮޅުގެ ސިއްހީ މަރުކަޒުތައް އެ ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރި އެވެ. އެހެންވުމުން ސިއްހީ ހިދުމަތް ބާރުވެރިވެ ރަނގަޅު ހިދުމަތް ގާތުން ލިބެން މަގުފަހި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355