twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސިލިޕްވޭ އާއި ނޭޗާރ ޕާރކް، އަދި އައިސްޕްލާންޓް ހިމެނޭހެން ގިނަ ވައުދުތަކެއްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Mar 22, 2021
2

ކުރިއަށްއޮތް ލޯކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބުކުރެވިއްޖެނަމަ އެރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކުޅުދުއްފުށީ ޖަގަހަ ހުޅުވުމަށް އާދިއްތަ ދުވަހު ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު ވިދާޅުވީ މިސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ރަށެއް ހިންގުމުގެ ފުރިހަމަ ބާރު އެރަށަކަށް ލިބިގެންގޮސްފައިވާ ކަމަށާއި ސަރުކާރެއް ހިންގާ ފަދައިން ކުޑަ ސިޓީ ސަރުކާރެއް ހިންގުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންދާނެކަމަށެވެ.

އެހެންކަމުން އެމްޑީޕީ ކެންޑިޑޭޓުން ކުޅުދުއްފުށީގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ރާވާފައިވާކަމަށް ވިދާޅުވެ އެކަންތައްތައް ހާމަކޮށްދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ދާއޫދެވެ.

އެއާޕޯޓް ހުޅަނގު ފަރާތް ގިރުމުގެ މައްސަލަ ހައްލު ހޯދުމަށް ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށާއި އަދި ރޭގަނޑު ފްލައިޓް ޖެއްސޭނެ އިންތިޒާމުވެސް ހަމަޖައްސައިދޭނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

އަދި މަށިކުޅި ފަސޭހައިން ބަލާލެވޭނެ ގޮތަށް ކުޅި ކައިރިން ތިމާވެއްޓާއި ރަށްޓެހި މަގެއް ހަދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން ކުޅީގައި ނޭޗާރ ޕާރކެއް ތަރައްގީ ކުރާނެކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.

އޮޑިދޯނިފަހަރު އެހެލައި ބަލާނެ ރަނގަޅު ސްލިޕްވޭއެއް ކުޅުދުއްފުށީގައި ގާއިމުކޮށް، އަދި ބޯސާތަކުގެ ރަނގަޅު ނިޒާމެއްވެސް ގާއިމުކުރާނެކަމަށެވެ.

"އައިސްޕްލާންޓްވެސް ގާއިމުކުރާނީ އަޅުގަނޑުމެން، ކައިޓް ސާފިން ސަރަހައްދުވެސް ހިތްފަސޭހަ ރީތި ބީޗަކަށް ހަދައިދޭނަން. ދާއިރާގެ ކުޅޭ ބިންތަކުގައި ތަފާތު ކުޅިވަރުތަކަށް ކުޅެވޭނެ ވަސީލަތްތައް އަޅުގަނޑުމެން ގާއިމުކުރާނަން." މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްކޭޓިން ޕާރކެއް ތަރައްގީކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. ސްކޭޓިން ކުރާނެ ސަރަހައްދެއް ނެތުމުން މިހާރުވެސް ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރެ އެވެ. އަދި ކުޅުދުއްފުށީގައި ސައިކަލް ރޭސް ޖަހަން ބޭނުންވާ ފަރާތްތަކަށް ރޭސިންނަށްވެސް އަލުން ހުއްދަދޭނެކަމަށް މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ، ސްކޫލުތަކުގައި ހުރި މައްސަލަތައް ބަލައި ކައުންސިލްގެ ތެރެއިން ހައްލުކުރެވެން ހުރި ކަންކަން ހައްލުކޮށްދޭނެ ކަމަށެވެ. އަދި އުތުރު ދާއިރާގެ ބޮޑު ތިންމަގު ހިމެނޭހެން މަގު ހެދުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާކަމަށާ އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ.

"ރައްޔިތުންނަށް ޔަގީންކަން މިދެނީ މި ސިޓީގެ މަގުތައް ހެދިގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ފެންހިނދޭގޮތަށް. ނަމެއްގައި ތާރުގަނޑު ފަތުރާލާފައި ދާންތަން ބަލަން އަޅުގަނޑުމެނެއް ބަލަހައްޓައިގެން ނުތިބޭނެ." މުހައްމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355