twitterviber whatsapp telegramfacebookyoutube instagram
18th April 2024

70 ސާމްޕަލް ނެގެޓިވް، އެކަމަކު ބަލި ފެތުރިދާނެކަމުގެ ބިރު ބޮޑު!

- 70 ސާމްޕަލް ނެގެޓިވް ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވޭ
- އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ
- ބަލި ފެތުރުމުގެ ބިރުވެރިކަން ކުޑައެއްނުވޭ

އަބްދުލް ވާހިދު ޙަސަން
Mar 25, 2021
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތްވާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން ނެގި 70 ސާމްޕަލް ނެގެޓިވްވެފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނިކޮށް ބަލި ޖެހިފައިވާކަން އެނގުނީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވި މީހެކެވެ. އަދި އޭނާގެ ދެ އެހީތެރިޔާ އެވެ. މި މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ.

މިރޭ ޕޮޒިޓިވްވިކަން އެނގުނު ހަތަރު ވަނަ މީހަކީވެސް ނައިފަރުން އިތުރު ފަރުވާއަށް އައި މީހެއްގެ ފިރިމީހާ އެވެ. އެމީހަކީ ފެލިވަރުގައި މަސައްކަތްކުރާ މީހެކެވެ. އެ މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ.

މި ކުލަސްޓާއަކީ ރ އުނގޫފާރާ ގުޅުން ހުރި ކްލަސްޓާ އެކެވެ.

މިކަމާ ގުޅިގެން އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ބަލައި 70 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. އެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. ޕޮޒިޓިވްވި ހަތަރު މީހުންވެސް ވަނީ އެކަހެރިކޮށްފަ އެވެ.

މިހާތަނަށް ނެގި ސާމްޕަލްތައް ނެގެޓިވްވިކަމުގައި ވިޔަސް ބަލި ފެތުރުމުގެ ބިރު ކުޑަނުވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު އިލްތިމާސްކުރެ އެވެ. މީގެ ކުރިންވެސް މިފަދަ ހާލަތުގައި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއް ލިބުނުކަން ފާހަގަކުރައްވަމުން ވިދާޅުވީ މިފަހަރުވެސް ރައްޔިތުންގެ ފަރާތުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށެވެ.

ސާމްޕަލްތައް ނެގެޓިވްވިކަމުގައިވެސް ކަރަންޓީނުކޮށްފައިވާ މީހުން ކަރަންޓީނު ފުރިހަމަ ކުރަން ޖެހެ އެވެ. އަދި އިތުރު ސާމްޕަލް ނެގުމަށްވެސް ނިންމާފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ކައުންސިލުން އާންމުކޮށްފައިވާ ލިޔުމެއްގައި ބުނީ މުދަލާ އެހެނިހެން ހިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތަކަށް ބަނދަރާ ހަމައަށް މުދާ ގެންދިޔުމުގެ ފުރުސަތު މިފަހަރުވެސް އޮންނާނެ ކަމަށެވެ. އެހެންވުމުން އެކަމާ ދުރާލައި ތައްޔާރުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355