twitterviber whatsapp telegramfacebookyoutube instagram
4th February 2026

ވަދާ ގޮސް އުޅެނިކޮށް ހާލު ދެރަވެގެން ގެނައި މީހާ ނިޔާވެއްޖެ

އަބްދުލް ވާހިދު ޙަސަން
Mar 26, 2021

ވަދާ ގޮސް އުޅެނިކޮށް ހާލު ދެރަވެގެން މިއަދު ކުޅުދުއްފުއްޓަށް ގެނައި މީހާ ނިޔާވެއްޖެ އެވެ. އެ މީހާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

އިތުރު މީހަކާއެކު ވަދާ ގޮސް އުޅެނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ހާލު ދެރަވެގެން ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ، ކުޅުދުއްފުށީ/ މަލިކުރުވާގެ އަހުމަދު އިބުރާހިމް (64އ) އެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާއެހާއިރު ހޮސްޕިޓަލަށް އެމީހާ ގެންގޮސްފައިވާއިރު ނިޔާވީ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް 16:42 ގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355