twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިއްޔެ ރާއްޖެއަށް 5375 ފަތުވެރިން، މިއީ އާ ރެކޯޑެއް

ޚަދީޖާ އާދަމް
Mar 27, 2021
1

މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިއްޔެކަމަށާއި އެގޮތުން އިއްޔެ ރާއްޖެއަށް 5375 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވައިފި އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 272000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ.

އެގޮތުން އްޖެއައި ފަތުރުވެރިންގެ %23.5 އަކީ އިންޑިއާ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އަދި 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޔޫކްރެއިނުންނެވެ.

މީގެކުރިން އެންމެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެ އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައިސްފައިވަނީ 5100 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާ އާއި ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިހާތަނަށް ރާއްޖޭގައި 692 ތަނެއް ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެތެރޭގައި ހިމެނެނީ 150 ރިސޯޓް، 394 ގެސްޓްހައުސް، 137 ސަފާރީ އަދި 11 ހޮޓެލްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355