twitterviber whatsapp telegramfacebookyoutube instagram
27th February 2025

ފަތުރުވެރިކަމުގެ ވިޔަފާރިއަށް މިއަހަރު ކުޅުދުއްފުށިން ބިން ދޫކުރާނަން

Feb 27, 2025
2

ފަތުރުވެރިކަމުގެ ވިޔަފާރިއަށް މިއަހަރު ކުޅުދުއްފުށިން ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަސް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އަންގާރަދުވަހު ރޭ ބޭއްވި ރައްޔިތުން ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މިއަހަރު ސިޓީ ކައުންސިލުން ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރޭގައި އިގްތިސޯދީ އެންމެ މުހިންމު ހަރަކާތެއްގެ ގޮތުގައި މިއަހަރު ޒުއަރިޒަމަށް ބިން ދޫކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ، ހޯމްސްޓޭ ވިޔަފާރިއަށް ވަންނަ ބޭނުންވާ ފަރާތްތަކަށާއި ގެސްޓްހައުސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށްވެސް ފަހިވާނެ ގޮތަށް މިއަހަރުތެރޭގައި ޓޫރިސްޓް ބީޗެއް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

"ހޯމްސްޓޭ ވިޔަފާރިއަށް ވަންނަ ބޭނުންވާ ފަރާތްތަކަށްވެސް އަދި ގެސްޓްހައުސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް އެބަ ހުރަހަކަށްވޭ ޓޫރިސްޓް ބީޗެއް ނެތުމުގެ ސަބަބުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓުއަރިޒަމު އިންޑަސްޓްރީ އަޅުގަނޑުމެންނަށް ކޮންމެވެސް ލެވެލްއެއްގައި ފެށޭނެ ގޮތްތަކެއް ހެދިއްޖެނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިދުމަތަށް އަންނަވާއިރަށް އަޅުގަނޑުމެންގެ ރައްޔިތުންނަށް އެ ނަފާ ހޯދުމަށް ތައްޔާރުވެވިގެންދާނެ." މޭޔަރު އާތިފް ވިދާޅުވި އެވެ.

އެގޮތުގެ މަތިން ކުޅުދުއްފުށީގައި ޓޫރިސްޓުން އުޅެވޭނެ އުސޫލުތަކާއި ގަވައިދުތައް ހަދައި ޓުއަރިޒަމް މިނިސްޓްރީގައި ކުޅުދުއްފުށި ރަޖިސްޓްރީކޮށްފައިވާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355