twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޅުދުއްފުށިން ޕޮޒިޓިވްވި ހަތަރު މީހުންނަކީ ފެލިވަރުގައި މަސައްކަތްކުރާ މީހުން!

އަބްދުލް ވާހިދު ޙަސަން
Mar 27, 2021

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު މީހުންނަކީވެސް ޅ ފެލިވަރުގައި މަސައްކަތް ކުރާ މީހުންކަން އެނގިއްޖެ އެވެ.

ފުރަތަމަ ހީކުރެވުނީ އެއީ ރ އުނގޫފާރު ކްލަސްޓާއާ ގުޅުން ހުރި ކޭސްތަކެއްގެ ގޮތުގައި އެވެ. އެހެންނަމަވެސް ބުދަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވްވި ހަތަރު މީހުންނަކީވެސް ފެލިވަރު މަސްފެކްޓްރީގައި މަސައްކަތް ކުރާ މީހުންނެވެ.

ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކޭއާރުއެޗަށް ފޮނުވި ދެ މީހުންގެ ތެރެއިން ޕޮޒިޓިވްވީ އެޑްމިންޓްކޮށްގެން ފަރުވާދެމުންދިޔަ މީހަކާއި އެ މީހާގެ ދެ އެހީތެރިންނެވެ. ހަތަރު ވަނަ މީހަކީ ފަރުވާ ހޯދި މީހާގެ އެހީތެރިޔެކެވެ.

ޕޮޒިޓިވްވި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ކޭޕީއެލްގެ ކަރަންޓީނު ފެސިލިޓީގައި އެކަހެރިކޮށްފައިވާއިރު އަނެއް މީހާ ކަރަންޓީނުވެފަ ހުރީ ގެޔެއްގައި އެވެ. ހުރިހާ މީހުންގެވެސް ހާލު ރަނގަޅުކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

މިކޭސްތަކާ ގުޅިގެން ކުޅުދުއްފުށި ހިމެނޭހެން ކައިރި ބައެއް ރަށްރަށުންވެސް ވަނީ ސާމްޕަލްތަކެއް ނަގާފަ އެވެ. އޭގެ ތެރޭގައި ކޮންޓެކްޓުންނާއި ރޭންޑަމް ސާމްޕަލްވެސް ނަގާފަ އެވެ. މިހާތަނަށް 200 އަށްވުރެ ގިނަ ސާމްޕަލް މިކޭސްތަކާ ގުޅިގެން ނަގާފައިވާއިރު މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފަ އެވެ.

ފެލިވަރުގައި ބޮޑު ކުލަސްޓާއެއް:

ނައިފަރު ހޮސްޕިޓަލުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފެލިވަރުން ވަނީ 104 ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރެއިން 88 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު 66 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ.

ފެލިވަރުގައި މަސައްކަތް ކުރާ ޅ ނައިފަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ދެ ރަށް ވެސް އޮތީ މޮނީޓަރިންގަ އެވެ. ރ. އުނގޫފާރަށް ދަތުރުކުރި ނައިފަރު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު ނައިފަރުގައި ކޮވިޑްގެ ތިން ކޭސް އެބައޮތެވެ.

އެޗްޕީއޭ އިން ވަނީމި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ނައިފަރުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355