twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޖަލާލުއްދީން ސްކޫލްގައި ކޮމްޕިއުޓާ ޓީޗަރެއް ނެތި ތިންމަސް، އޯލެވެލް މެއިމަހު!

އަބްދުލް ވާހިދު ޙަސަން
Mar 27, 2021
7

އޯލެވެލް އިމްތިހާނު ފެށެން މަދު ދުވަސްކޮޅަކަށްވެފައިވާއިރުވެސް ކޮމްޕިއުޓާ ސައިންސް ޓީޗަރެއް، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ނެތުމުން އެ ސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވެއްޖެ އެވެ.

އޯލެވެލް އިމްތިހާނު ފަށަން ތާވަލުކޮށްފައިވަނީ މިއަހަރުގެ މެއި/ޖޫންގަ އެވެ. އެކަމަކު އާޓް މާއްދާގެ ޓެސްޓްތައް އެޕްރީލް 14 ގައި ފަށަ އެވެ.

ޖަލާލުއްދީން ސްކޫލްގެ ބެލެނިވެރިޔަކު ކޭއޯއަށް މައުލޫމާތުދެއްވަމުން ބުނީ، ޓެސްޓް މިހާ ގާތްވެފައިވީނަމަވެސް ކޮމްޕިއުޓާ ސައިންސް ޓީޗަރެއް ހަމަޖެހިފައިނުވުމަކީ ދަރިވަރުންނަށް އިރާދަނުކުރެވޭނެފަދަ ބޮޑު ގެއްލުމެއް ކަމަށެވެ.

ކުރިން އެ މާއްދާ ކިޔަވައިދެއްވި ޓީޗަރު ތިން މަސްކުރިން އެޑިއުކޭޝަން އެންގުމަށްފަހު ޑިސެމްބަރުމަހު އިސްތިއުފާދީފައި ގައުމަށް ގޮސްފައިވާކަމަށެވެ. އެއަށްފަހު އެ ދަރިވަރުންނަށް އެ މާއްދާ ކިޔަވައިދެމުންނުދާކަމަށް ބެލެނިވެރިން ބުންޏެވެ.

މިކަމުގެ ކަންބޮޑުވުންފާޅުކުރަމުން އެހެން ބެލެނިވެރިޔަކު ބުނީ، ކޮމްޕިއުޓާ ޓީޗަރު ދިޔަ ފަހުން، ހަފްތާގެ ބަންދުތަކުގައި އެހެން ސްކޫލެއްގެ ޓީޗަރަކު އެ މާއްދާ އެ ދަރިވަރުން ނަގައިދޭ ކަމަށާ އެހެންނަމަވެސް އެކަން ކުރިއަށްދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

ހަފްތާގެ ހުރިހާ ދުވަހަކު ކިޔަވާ މާއްދާއެއް ހަފްތާ ބަންދުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކިޔަވައިދޭނީ ކިހެނެތްތޯ ބެލެނިވެރިން ސުވާލުއުފައްދަ އެވެ. އެކަމާ ސްކޫލުގެ ޕްރިންސިޕަލާ ބައްދަލުކޮށްވެސް ޝަކުވާކޮށްފައިވާކަމަށް ބެލެނިވެރިން ބުންޏެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355