އޯލެވެލް ނިންމާ މަތީ ތައުލީމުގެ ފަށަން ތައްޔާރަށް ތިބި ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް މެޕްސް ކޮލެޖުގައި ވަނީ ފުރުސަތު ފަހިވެފަ އެވެ.
އެކޮލެޖުން ބުނީ މަތި ތައުލީމު ހާސިލުކުރުމަށް ޝައުގުހުރި ދަރިވަރުންނަށް އެހީތެރިވުމަށް މެޕްސް ކޮލެޖުން މިތިބީ ތައްޔާރަށް ކަމަށާއި މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ލެވެލް ކޯސްތަކަކީ އޯލެވެލް ނިންމި ދަރިވަރުންގެ މަތީ ތައުލީމު ބައްޓަންކުރުމުގައި ގިނަ ފުރުސަތުތަކެއް ލިބޭނެ ކޯސްތަކެކަމަށެވެ.
އޭގެތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ހިމެނެއެވެ.
މި ކޯސްތަކުގެތެރެއިން އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަކީ އަމިއްލަ ރަށުގައި ތިބެގެން އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ހަމައެކަނި ލިބޭނެ ކޯހެވެ. އެއް އަހަރު މުއްދަތުގެ އެޑްވާންސްޑް ލެވެލްގެ ކޯސްތައް ނިންމާލުމަށްފަހު މެޕްސް ކޮލެޖުން ހިންގާ ބެޗެލަސް ޑިގްރީގެ ކޮންމެ ކޯހެއްގައިވެސް ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ.
ކުރިޔަށްދާނެ ދާއިރާތައް ކަނޑައެޅުމުގައި ވަކިގޮތެއް ނިންމަން ދަތި ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން މެޕްސް ކޮލެޖުން އެދަރިވަރުންނަށް ކެރިއަރ ގައިޑް ސެޝަންތަކެއްވެސް ފޯރުކޮށްދެއެވެ.
މެޕްސް ކޮލެޖުން ހިންގާ ބެޗެލާސް ޑިގްރީގެ ކޯސްތަކަކީ ސަރުކާރުން ހުޅުވާލާފައިވާ "ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް"ގެ ދަށުން ދަރިވަރުންނަށް ހިލޭ ކިޔެވޭ ކޯސްތަކެކެވެ. އަދި އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށްވެސް މި ސްކީމްގެ ދަށުން ހިލޭ ކިޔެވުމުގެ ފުރުސަތު އޮވެއެވެ.
މިކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މީގެއިތުރުން މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާއި ގުޅޭ މައުލޫމާތު ކޮލެޖުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ނުވަތަ 3314621 ނަމްބަރަށް ގުޅާލައިގެން ދަރިވަރުންނަށް ހޯދޭނެއެވެ.
މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ އެންމެ ދުވަސްވީ އެއް މަރުކަޒެކެވެ. 2024 ވަނަ އަހަރު ރިހިޔޫބީލް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ މެޕްސް ކޮލެޖުން ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއެކު، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތައް ތަޢާރަފުކޮށް ކިޔަވައިދިނުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު އޮންލައިންކޮށް ގިނަ ކޯސްތައް ކާމިޔާބުކަމާއިއެކު މެޕްސް ކޮލެޖުން އަންނަނީ ހިންގަމުންނެވެ.