twitterviber whatsapp telegramfacebookyoutube instagram
23rd November 2024

އޯލެވެލް ނިންމާ ދަރިވަރުންނަށް މެޕްސް ކޮލެޖުން ކެރިއަރ ގައިޑެންސް ސެޝަންތަކެއް

Aug 20, 2023

އޯލެވެލް އިމްތިހާނު ނިންމާލުމަށްފަހު މަތީ ތައުލީމު ފެށުމަށް ތައްޔާރުވާ ދަރިވަރުންނަށް އަމާޒުކޮށްގެން މެޕްސް ކޮލެޖުން ހާއްސަ ކެރިއަރ ގައިޑެންސް ސެޝަންތަކެއް ހިންގަން ތައްޔާރުވެއްޖެއެވެ.

ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މި ސެޝަންތަކުގައި އޯލެވެލް ނިންމާފައިވާ ދަރިވަރުންގެ އިތުރުން މަތީ ތައުލީމު އުނގެނުމަށް ޝައުގުހުރި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތާއެކު އެދަރިވަރަކު ކުރިޔަށްދާން ބޭނުންވާ ދާއިރާ ހިޔާރުކުރުމުގައި ވިސްނުން ބަހައްޓަންވީ ކަންތައްތަކާއި އޭގެ ސަބަބުން ދަރިވަރުންގެ ކުރިމަގަށް ލިބިގެންދާނެ ކުރިއެރުންފަދަ މައުލޫމާތުތައް ކެރިއާ ގައިޑެންސް ޕްރޮގްރާމްގައި ދަރިވަރުންނާއި ހިއްސާކުރެވޭނެއެވެ. މިޕްރޮގްރާމްގައި މެޕްސް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

maps.edu.mv/maps-career-guidance-program-for-olevel-students/

މިއަހަރުގެ އޯލެވެލް ނުވަތަ ކެމްބްރިޖް އިމްތިހާނު ނިންމާފައިވާ ދަރިވަރުންނަށް އެކަށީގެންވާ ކޯސްތަކެއް މެޕްސް ކޮލެޖުގެ އޮގަސްޓު 2023 އިންޓޭކްގައި ހިމެނިފައިވާއިރު، މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ދަރިވަރުންނަށްވަނީ ހުޅުވާލާފައެވެ.

މެޕްސް ކޮލެޖްގެ އެޑްވާންސްޑް ސެޓެފިކެޓް ކޯސްތަކަކީ، ބެޗެލާސް ޑިގްރީގައި ބައިވެރިވުމުގެ ކުރިން ދަރިވަރުން ފުރިހަމަކުރާނެ އެންމެ މުހިއްމު އެއް ކޯހެވެ. އަތޮޅުތެރޭގައި ދިރިއުޅޭ ދަރިވަރުންނަށް ހާއްސަކޮށްގެން އޮންލައިންކޮށް ހިންގާ އެންމެ ކާމިޔާބު އެއް ކޯހަކީ އެޑްވާންސްޑް ސެޓްފިކެޓްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެވެ.

އެޑްވާންސްޑް ސެޓްފިކެޓް ކޯސް ފުރިހަމަކުރުމަށްފަހު މެޕްސް ކޮލެޖުން ހިންގާ ވިޔަފާރިއާއި ގުޅުންހުރި ބެޗެލާސް ޑިގްރީގެ ކޮންމެ ކޯހެއްގައިވެސް ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ. އޭގެތެރޭގައި ބިޒްނަޒް އެޑްމިނިސްޓްރޭޝަން،ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ޑިގްރީ ކޯސްތައް ހިމެނެއެވެ.

12 މަސް ދުވަހުގެ މުއްދަތަށް ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ކޯސް ނިމިގެންދާއިރު މިކޯހުގެތެރެއިން ޑިގްރީގެ މައިގަނޑު މާއްދާތަކަށް ދަރިވަރުން އަހުލުވެރިވުމަށް ފުރުސަތު ލިބިގެން ދިއުމަކީވެސް މިކޯހުގައި ކިޔަވާ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށްބޮޑު އެހީއެކެވެ.

މެޕްސް ކޮލެޖުން ހިންގާ ހުރިހާ ޑިގްރީ ކޯސްތަކަކީ ސަރުކާރުން ހުޅުވާލާފައިވާ "ބެޗެލާސް ޑިގްރީ ގްރާންޓް ސްކީމް"ގެ ދަށުން ދަރިވަރުންނަށް ހިލޭ ކިޔެވޭ ކޯސްތަކެކެވެ. އަދި އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށްވެސް މިސްކީމްގެ ދަށުން ހިލޭ ކިޔެވުމުގެ ފުރުސަތު އޮވެއެވެ. މިކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ. މީގެއިތުރުން މެޕްސް ކޮލެޖުން ހިންގާ ކެރިއާ ގައިޑެންސް ޕްރޮގްރާމްގެ އިތުރުން މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާއި ގުޅޭ މައުލޫމާތު ކޮލެޖުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ނުވަތަ 3314621 ނަމްބަރަށް ގުޅާލައިގެން ހޯދޭނެއެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ މަރުކަޒެކެވެ. މަތީ ތަޢުލީމު ދާއިރާއިން ގިނަ ދަރިވަރުންތަކެއް މުޖްތަމަޢަށް ނެރެފައިވާ މެޕްސް ކޮލެޖްއަކީ، ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއި، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތަކުގައި ކިޔެވުމުގެ ފުރުޞަތު އެކޮލެޖުން ފަހިކޮށްދެއެވެ. ކުރިޔަށްއޮތް އަހަރު ރިހިޔޫބީލް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު އޮންލައިންކޮށް ގިނަ ކޯސްތައް ކާމިޔާބުކަމާއިއެކު ހިންގަމުން އަންނަ ކޮލެޖެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355