twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނަލަންދޫގައި ރިސޯޓް ތަރައްގީކުރަން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން: ރައީސް

ޚަދީޖާ އާދަމް
Apr 1, 2021

ށ އަތޮޅު ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ހުޅުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"ރަށްވެހި ފަތިސް" ކެމްޕެއިނުގައި ށ.އަތޮޅަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ކެނޑިޑޭޓުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ނަލަންދޫ މީގެކުރިން އޮތީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ކަމަށާއި ރަށެއް ދޫކޮށްފައިވާ ފަރާތުން އެރަށް އަނބުރާ ނެގުމުގައި ފިޝަރީޒް މިނިސްޓްރީން ބަލަން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ.

ނަލަންދޫއަކީ ރިސޯޓް ތަރައްގީކުރަން ކަނޑައަޅާފައިވާ ރަށެއް ކަމަށާއި ނަމަވެސް އެރަށަކީ ކުރިން ބަޔަކު އެހެން މަސައްކަތްތަކެއް ކޮށްފައިވާ ރަށަކަށްވާތީ އެރަށް ނަގާކަމަށް ވަންޏާ ބަދަލު ދޭން ޖެހޭކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ނަލަންދޫ އަނބުރާ ނަގަން ބޭނުންވާތީ އެކަމާއި ގުޅޭ މަސައްކަތްތައް ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެތެރޭގައި ފިޝަރީޒް މިނިސްްޓްރީންވަނީ ނަލަންދޫވެސް ހިމެނޭހެން ސަރުކާރުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރި ހދ. ހޮނޑައިދޫ އާއި ނ. މިނާވަރު ސަރުކާރުގެ ބޭނުމަށް ނަގަން ނިންމާ، އެ ރަށްރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ބަލަން ވެލުއޭޝަން އޮޑިޓެއް ތައްޔާރު ކުރުމަށް ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355