twitterviber whatsapp telegramfacebookyoutube instagram
21st September 2026

ނައިވްސް އައުޓްގެ 2 އަދި 3 ގެ ރައިޓްސް ނެޓްފްލިކްސް އިން ގަންނަނީ

ޚަދީޖާ އާދަމް
Apr 5, 2021

2019 ވަނަ އަހަރު ނޮވެމްބަރުގައި ރިލީޒް ކުރި ކާމިޔާބު ފިލްމު ނައިވްސް އައުޓްގެ 2 އަދި 3 ވަނަ ފިލްމުގެ ރައިޓްސް ނެޓްފްލިކްސް ގަންނާނެ ކަމަށް މީޑިޔާ ރިޕޯޓްތަކުން ބުނެފިއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ފިލްމުގެ ރައިޓްސް ގަތުމަށް ނެޓްފްލިކްސްއިން 450 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ. ނައިވްސް އައުޓްގެ ފުރަތަމަ ފިލްމު ބޮކްސް އޮފީހުގައި 311 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައި ވެއެވެ.

މީގެ ދެވަނަ ފިލްމުގެ ޝޫޓިން މި އަހަރު ޖޫން 28 ގައި ފަށާނެއެވެ. ޝޫޓިން ފަށާނީ ގްރީސް އިންނެވެ. ފުރަތަމަ ފިލްމުގައި ހިމެނުނު ތަރިންގެ ތެރެއިން ދެވަނަ ފިލްމުގައި ފެންނާނެ ކަން ޔަގީން ވެފައިވަނީ ހަމައެކަނި ޑޭނިއަލް ކްރެއިގާއެވެ.

ފުރަތަމަ ފިލްމުގައި ކްރިސް އީވަންސް ވެސް ފެނިގެން ދިޔައިރު އޭނާ ހިމެނޭހެން ދެން ފިލްމުގައި އުޅުނު އެހެން ތަރިން ދެވަނަ ބައިން ފެނުން ނާދިރުކަމަށް ރިޕޯޓުތަކުން ބުނެފައި ވެއެވެ. އަދި 3 ވަނަ ފިލްމަށް ވެސް ނަގަން ހަމަޖެހިފައިވަނީ މުޅިން އާ ކާސްޓުންކަން އެ ފިލްމުގެ ޑައިރެކްޓަރު ރިއަން ޖޯންސަންއާއި ހަވާލާދީ ހަބަރުތަކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293