twitterviber whatsapp telegramfacebookyoutube instagram
21st June 2025
ADVERTISEMENT

ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ ޕްރޮމޯޝަން އިތުރުކޮށްފި

ޚަދީޖާ އާދަމް
Apr 6, 2021

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށް އަލަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދަމުންދާ ޕްރޮމޯޝަން 14 އެޕްރީލް 2021ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބަރ ކޭބަލްއެއް އަޅާފައިވާ ބިލްޑިންގތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން %50 ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކު ކަމަށާއި އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް މި ހިދުމަތް ފޯރުކޮށްދީފައިވާ ކަަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com