twitterviber whatsapp telegramfacebookyoutube instagram
28th March 2024

އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ 5 ބިލިއަނަށް

ޚަދީޖާ އާދަމް
Apr 7, 2021

މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށާއި ހަފްތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އެއް ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން 2021 ވަނަ އަހަރުގެ މަރޗް 25ގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި 4,151.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެކެއް އޭޕްރިލްގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 5,006.9 މިލިއަން ރުފިޔާއަށް ޖެހިލާފައެވެ.

އެއީ ޓެކުހުގެ ގޮތުގައި ލިބުނު 3,995.1 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު 955.8 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި 5,588.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ޓެކުހުގެ ގޮތުގައި ލިބުނު 4,484.3 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު 1,002.3 މިލިއަން ރުފިޔާއެވެ.

މިމުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި ލިބިފައި ވަނީ 2.8 މިލިއަން ރުފިޔާއެވެ. އަދި މިއަހަރު ގްރާންޓްސްގެ ގޮތުގައި 55 މިލިއަން ރުފިޔާ ލިބުނު އިރު، ފާއިތުވި އަހަރު ގްރާންޓްސްގެ ގޮތުގައި 111.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރުގެ މިހާތަނަށް ސަރުކާރުން 6,575.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ލޯނު ރިޕޭމެންޓްގެ ގޮތުުގައި މިއަހަރުގެ މިހާތަނަށް 293.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 723.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެ އިތުރުން ކައުންސިލްތަކަށް ބްލޮކް ގްރާންޓްސްގެ ގޮތުގައި 324.4 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355