twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ

ނަބީލާ އިސްމާޢީލް
Oct 20, 2024

މި އަހަރުގެ ބާކީ މުއްދަތަށް ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ސަޕްލިމެންޓަރީ ބަޖެޓެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށެވެ. އިތުރަށް ޒަމީރު ވިދާޅުވީ މިއަހަރަށް ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށާއި އެ ބަޖެޓުގެ ކަންކަން ކުރިއަށްދާކަމަށެވެ. އަދި މި އަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހިފައިވަނީ މިދިޔަ އަހަރުގެ ބަޖެޓުގައި ގިނަ މައްސަލަތަކެއް ހުރުމުން ކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ އަހަރުތަކުގައި ދައުލަތުން ހަރަދު ކުރުމަށް ފަހު އެ ހަރަދުތައް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައި ހުށަހަޅައިފައިވާކަން ފާހަގަކުރައްވެފައިވުން ހިމެނޭކަމަށް ޒަމީރު ވިދާޅުވިއެވެ.

އެހެންކަމުން އެ ކަން ހިނގި ގޮތް ބަލައި، އިތުރަށް ބޭނުންވާ ފައިސާގެ އަސްލު މިންވަރު ދެނެގަނެ ސަޕްލިމެންޓަރީ ބަޖެޓެއް އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކަށް ބަލާނަމަ، ކޮންމެ އަހަރަކު ވެސް ބަޖެޓަށް ވުރެ ހަރަދުތައް ބޮޑުވެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހުން ފާސްކުރެއެވެ. އެގޮތުން، މިދިޔަ އަހަރު ސަރުކާރުން ވަނީ މަޖިލީހަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355