twitterviber whatsapp telegramfacebookyoutube instagram
11th February 2025

ރޯދަ އިނާޔަތް 20 ފެބުރުއަރީގެ ކުރިން ދޫކުރަން އަންގައިފި

Feb 11, 2025

މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ އަންނަ ހަފްތާގެ ބުރާސްފަތީގެ ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އިން އަންގައިފިއެވެ. އެ މިނިސްޓަރީން މިގޮތަށް ނެރެފައިވަނީ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައެވެ.

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އިން ނެރުނު ސާކިއުލާގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދިނުމަށް ޤާނޫނުން ބުނެފައިވާ 3،000 ރުފިޔާ މިމަހުގެ 20 ވަނަ ދުވަހު ދިނުމަށް ވަނީ އަންގަވާފައެވެ. މިނިސްޓަރީން ވަނީ އިނާޔަތުގެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށްވެސް ކުންފުނިތަކަށް އަންގާފައެވެ.

މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް މިނިސްޓްރީން ވަނީ އަންގަފައެވެ.

މީގެ އިތުރުން، ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް"އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންވެސް އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް އެ ސާކިއުލާގައި އަންގާފައިވެއެވެ.

މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށްވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355